ފޮނަދޫ ކޮވިޑް-19 ކުލަސްޓާރ: ޑައިރެކްޓް ކޮންޓެކްޓް ވެގެން ކަރަންޓީން ކުރި 54 ފަރާތްވެސް ނައްސި

27 ޑިސެމްބަރ 2020 ވަނަ ދުވަހު ދެއްވަދޫން ފޮނަދުއަށް އައި 04 ފަރާތެއް ޕޮސިޓިވްވުމާ ގުޅިގެން ކަރަންޓީން ކުރި 54 ޑައިރެކްޓު ކޮންޓެކްޓުންގެ ކަރަންޓީން މުއްދަތު ހަމަ ކުރުމަށް ފަހު ނެގި ހުރިހާ ސާންޕަލް ނައްސި (ނެގަޓިވް) ވެއްޖެއެވެ.
ކޮވިޑް-19 އަށް 4 މީހަކު ފައްސި ވުމާ ގުޅިގެން، ޖެނުއަރީ 9 ވަަނަ ދުވަހު، ފޮނަދޫއާއި އެރަށާއި އެއްފަސްކޮށް އޮންނަ ގަން ވަނީ މޮނިޓަރިންގއަށް ލާފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު 15 ވަަނަ ދުވަހު މިދެރަށް ވަނީ މޮނިޓަރިންގގެ ހާލަތުން ނަގާފައެވެ.
މި ކްލަސްޓާއާ ގުޅިގެން ނެގި 500 އަށް ވުރެ ގިނަ ރެންޑަމް ސާމްޕަލް ނައްސިވިއިރު، އެ ދެ ރަށް ވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުން ނަގައި އާންމު ހާލަތަށް ގެނެސްފައެވެ.