ޚަބަރު

ދެމަސް ދުވަހަށްފަހު، އަނެއްކާވެސް ފައްސި ޢަދަދު 100އިން މައްޗަށް

  • އިއްޔެ ރާއްޖެއިން 108 މީހުން ފައްސިވި
  • 79 މީހުން ފައްސިވެފައިވަނީ މާލެ އިން
ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖެއަށް ކޮވިޑް-19 ވެކްސިން ލިބި ކޮވިޑުން ސަލާމަތްވުމުގެ އުންމީދު އާވެފައިވާއިރު، ދިވެހިންނަށް މިވަނީ އަނެއްކާވެސް އިތުރު ކަންބޮޑުވުމަކާ ކުރިމަތިލާން ޖެހިފައެވެ. އެތައް ފަރާތްތަކެއްގެ ބުރަ މަސައްކަތާ ރައްޔިތުންގެ ގުރުބާނީއަށް ފަހު ރާއްޖޭގައި ކޮވިޑު ކޮންޓްރޯލް ކުރެވުމުން ލިބުނު ހިތްހަމަޖެހުމަށް އަނެއްކާ ވެސް ނިމުން އަންނަ ފަދަ އިޝާރާތެއް ވަނީ ފެނިފައެވެ.

Ads by STELCO

ދެ މަސް ފަހުން ރާއްޖެއިން 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ މީހުން ފައްސިވީ ދުވަހަކީ އިއްޔެއެވެ. އިއްޔެ ރާއްޖެއިން 108 މީހުން ފައްސިވިއިރު އޭގެތެރެއިން 79 މީހުން ފައްސިވެފައި ވަނީ މާލެއިންނެވެ. މިއީ އާންމުކޮށް ދުވާލެއްގެ މައްޗަށް 30 މީހުނަށް ވުރެ މަދުން ފައްސިވަމުން އައި މާލޭގެ އަދަދު ވެސް އިތުރު ވެގެން ދިޔަ ދިޔުމެކެވެ.

އަދި ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދުވެސް ބޮޑު ތަނުން މަތިވެ، އެ އަދަދު ވަނީ މިހާރު 1000 އަށް ވުރެ މަތިވެފައެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި ކޭސްތައް އިތުރުވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި ބައެއް ފަރާތްތަކުން ބައެއް ކަންކަމަށް ފަރުވާ ކުޑަކުރުން ހިމެނެއެވެ. އެގޮތުން މަގުމަތީގައި އުޅޭ ވަގުތުތަކުގައި މާސްކު ތިރިކޮށްގެން އުޅުން ފަދަ ކަންކަމަކީ ކުޑަ ކަމެއްގެ ގޮތުގައި ހީވި ނަމަވެސް އޭގެ ސަބަބުން ކޮވިޑް ނަންބަރުތައް އިތުރުވެގެން ގޮސް އިތުރު ނޭދެވޭ އަސަރުތަކެއް ނިކުމެދާނެ ފަދަ ކަމެއް ކަން ގަބޫލު ކުރަން ޖެހެއެވެ.

ބަލި ފެތުރުން އިތުރުވެދާނެ ކަމުގެ ބިރު ހީވެފައިވާއިރު، އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބައި އެންމެ ފުރިހަމައަށް އިރުޝާދުތަކަށް ބޯލެނބުމަކީ މުހިންމު ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!