ޚަބަރު

ކޮވިޑް-19: ތަރުކާރީ މާރުކޭޓުން މީހަކު ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތަރުކާރީ މާރުކޭޓުން ކޮވިޑް-19 އަށް މީހަކު ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި އެތަނުން ފައްސި ވެފައިވަނީ މާރުކޭޓު ގޮޅިއެއްގައި މަސައްކަތް ކުރާ މީހެކެވެ. އެމީހާ ފައްސިވެފައިވާކަން އެނގިފައިވަނީ މިއަދު 14:00 ހާއިރެވެ.

ކޮވިޑަށް ފައްސިކަން އެނގުނުއިރު، މިއަދު ވެސް އޭނާ މަސައްކަތު ނުކުތެވެ. އަދި ގިނަ ބަޔަކާ ވަނީ ބައްދަލު ވެސް ވެފައެވެ.

މާރުކޭޓު ގޮޅީގައި މަސައްކަތް ކުރާ އެހެން މީހަކު އޮންލައިން ނޫސް "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ، ފައްސިވީ މީހާ މިއަދު ވެސް އެތަނަށް ގޮސް އެމީހުންނާއެކު "ސަކަރާތުގައި" އުޅުނު ކަމަށެވެ.

"މިތާ އުޅޭނެ މުސްކުޅި އުމުރުގެ މީހުންވެސް، އޭނާ ފައްސިކަން އެނގުނީ، އެޗްޕީއޭ ތަންތަނަށް ގުޅައިގެން، އޭނާއާ އަނބިމީހާވެސް ވަނީ ފައްސިވެފައި" އެމީހާ ބުނެފައިވެއެވެ.

މާރުކޭޓުގައި މާސްކް އަޅައިގެން އުޅުނަސް އެތަނުގައި ގިނަބަޔަކު އުޅޭނީ ވަރަށް ގައިގޯޅިކޮށްކަން އެމީހާ ފާހަގަ ކޮށްފައިވެއެވެ. އަދި ބައެއް ފަހަރު މާސްކް ނަގައިގެން އެތަނުގައި މީހުން އުޅޭކަން ވެސް އޭނާ ފާހަގަކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!