ކުޅިވަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: ޒެޕޯ ބަލިކޮށް ޑީސީ އެވެންޖާރސްް އަށް ފުރަތަމަ މޮޅު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ޒެޕޯގެ މައްޗަށް ކުރި ހޯދައި ޑީސީ އެވެންޖާސް އިން އެޓީމުގެ ފުރަތަމަ މޮޅު ހޯދައިިފިއެވެ.މި މެޗު ޑީސީ އެވެންޖާސްއިން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

Ads by Sosun Fihaara

މުބާރާތުގައި މި ދެ ޓީމުވެސް ކުޅުނު ފުރަތަމަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެގޮތުން ޑީސީ އެވެންޖާސް އެއްވަރުވީ ޓްވިންސް ގާޑަން އާއި ވާދަކޮށް 4-4 އިންނެވެ. އަދި ޒެޕޯ އެއްވަރުވީ އެންއެސް ރޯމާ އާއި ވާދަކޮށް 3-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޑީސީ އެވެންޖާސް ޓީމަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ވިސާމް އާއި އަހުމަދު ނާފިޒުގެ އިތުރުން އަބްދުﷲ ނައްފާޒް އެވެ. އަދި ޒެޕޯ ޓީމަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ އިބްރާހިމް ޒާހިދު އާއި ހުސެއިން ޝުއައިބް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީީސީ އެވެންޖާސްގެ މުހައްމަދު ވިޝާމް އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!