ކޮވިޑްގެ އާވައްތަރެއް ޝްރީލަންކާއިން ފެނިއްޖެ

އަވައްޓެރި ޝްރީލަންކާއިން ކޮވިޑް-19 ގެ އާވައްތަރެއް ފެނިއްޖެއެވެ.
ސްރީ ޖަޔެވަރްޑެނެޕުރާ ޔުނިވާސިޓީގެ ޑައިރެކްޓަރ އޮފް ދަ ޑިޕާޓްމެންޓް އޮފް އިމިއުނޮލޮޖީ އެންޑް މޮލިކިއުލަރ މެޑިސިން ޑރ. ޗަންދިމާ ޖީވަންދްރާ މިކަމާ ގުޅޭގޮތުން އެޤައުމުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަވަހަށް ފެތުރޭ ކޮވިޑް-19 ގެ ވައްތަރެއް ޝްރީލަންކާއިން ފެނިފައިވާ ކަމަށެވެ.
ޑރ. ޗަންދިމާ ވިދާޅުވީ އެ އާވައްތަރަކީ މިހާރު ސްވެޑެން ، ޖަރުމަންވިލާތު އަދި ޑެންމާކާއި އައިސްލޭންޑުގައި ފެތުރެމުންދާ އާ ވައްތަރާ ދާދި އެއްގޮތް ކަންތައްތަކެއް ހުރި ވައިރަސްއެއް ކަަމަށެވެ.
ކޮވިޑް-19 ގެ މިވައްތަރަކީ ވަރަށް އަވަހަށް ފެތުރޭ ވައްތަރެއް ކަމަށް ސިއްޙީ މާހިރުން ބުނެއެވެ. އެގޮތުން އިނގިރޭސިވިލާތާއި، އިޓަލީ، ބްރެޒިލް، ޕޯޗުގަލް، ގެ އިތުރުން 13 ޤައުމެއްގައި މިހާރު ފެތުރިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.