ޚަބަރު

ކޮވިޑް-19: އަދަދު އަދިވެސް ގިނަ، 145 މީހުން މިއަދު ރާއްޖެއިން ފައްސިވި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ގަމުގައި ރެންޑަމް ސާންޕަލް ނަގަނީ. ފޮޓޯ: ގަން ރީޖަނަލް ހޮސްޕިޓަލް

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 145  މީހުން ފައްސިވެ 31 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 93 މީހަކާއި އަތޮޅުތެރެއިން 14 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 36 މީހެއްގެ އިތުރުން އުޅަނދުފަހަރުގައި އުޅޭ ދެ މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 15،247 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 13،916 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 51 އެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 93 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 394،278 ސާމްޕަލް ނަގައިފިއެވެ.

ރާއްޖޭގައި ބަލި ފެތުރުން މިހާރު ބޮޑުތަނުން ކޮންޓްރޯލް ވެފައިވީ ނަމަވެސް، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުން ފަރުވާ ކުޑަކުރަމުން އަންނަކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ.

އެގޮތުން ބައެއް ފަރާތްތަކުން މިހާރު ބޭރުގައި އުޅޭއިރު މާސްކު ރަނގަޅަށް ނާޅާ އުޅޭކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!