ދުނިޔެ

މާބަނޑު މީހުން މޮޑާނާ ކޮވިޑް-19 ވެކްސިން ނުޖަހަން ޑަބްލިއު.އެޗް.އޯ އިން އިލްތިމާސްކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މާބަނޑު ދުވަސްވަރު ކޮންމެހެން ބޭނުން ޖެހިގެން ނޫން ގޮތެއްގައި، މޮޑާނާ ކުންފުނިން އުފައްދާފައިވާ ވެކްސިން ނުޖެހުމަށް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯ އިން އިލްތިމާސްކޮށްފިއެވެ.

Ads by Sosun Fihaara

މިއަދު އާއްމު ކުރި ގައިޑްލައިނެއްގައި އެފަރާތުން ބުނެފައިވަނީ، މާބަނޑު ދުވަސްވަރު ވެކްސިން ޖެހުމާ އެއިދާރާއިން ދެކޮޅު ކަމަށާއި، ވަރަށް ބޮޑަށް ވައިރަސްއަށް އެކްސްޕޯސްވާ ހާލަތެއްގައި މެނުވީ ވެކްސިން ނުޖަހަން އިލްތިމާސް ކުރާ ކަމަށެވެ.

"ކޮވިޑް-19 ގެ ބަލީގައި މާބަޑު ފަރާތްތަކަށް ބޮޑުވަރުވިޔަސް، މިހާތަނަށް އެއްކުރި ޑޭޓާތަކަށް ބަލާއިރު، މާބަޑު ދުވަސްވަރު ވެކްސިން ނެގުމަށް ރެކަމެންޑެއް ނުކުރަން" ޑަބްލިއު.އެޗް.އޯ އިން ބުނެފައިވެއެވެ.

އެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ، މޮޑާނާ ވެކްސިންގެ ދެ ޑޯޒް ދޭތެރޭގައި މަދުވެގެން 28 ދުވަސް ހޭދަ ކުރަން ޖެހޭ ކަމަށާއި ބައެއް ހާލަތުގައި މިމުއްދަތު 42 އަކަށްވެސް އިތުރު ކުރަން ޖެހިދާނެ ކަމަށެވެ. އަދި މިވެކްސިން ދޭން އެންމެ ރަނގަޅީ ހޮސްޕިޓަލްތަކުގައި ކަމަށާއި އޭރުން އެލާޖިކް ރިއެކްޝަނެއް އަޔަސް އެއަށް ފަރުވާ ދެވޭނެ ކަމަށް މިރިޕޯޓްގައި ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!