ޚަބަރު

މާލޭގައި ކާފިއު އިއުލާން ކޮށްފި

  • ކާފިއު އިއުލާންކޮށްފައިވަނީ މެންދަމު 12 އިން ފަތިހު 4 ކަށް
  • ކާފިއުއަށް މާދަމާއިން ފެށިގެން އަމަލު ކުރާނެ
ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު އިއުލާނު ކޮށްފިއެވެ. އެޗްޕީއޭއިން ބުނީ މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ދަންވަރު 12 އިން ފަތިހު 4 ކަށް ބޭރަށް ނިކުމެ އުޅުން މަނާ ވާނެ ކަމަށެވެ.

Ads by STELCO

މާލޭގައި ކާފިޢު އިޢުލާން ކޮށްފައި ވާއިރު ، އިތުރު ބައެއް ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފައެވެ. މިގޮތުން؛

  • މި ހިނދުން ފެށިގެން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
  • 2021 ޖަނަވަރީ 27 ވަނަ ދުވަހުގެ ރޭ 00:12 އިން ފެށިގެން ފަތިހު 00:4 އަށް، މާލެއާއި، ހުޅުމާލެއާއި،
    ވިލިމާލޭގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  • މި ހިނދުން ފެށިގެން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރުން.
  • 2021 ޖަނަވަރީ 29 ވަނަ ދުވަހުން ފެށިގެން، ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން ހިމެނެއެވެ.

މާލޭގައި ކާފިޢު އިއުލާން ކޮށްފައި މިވަނީ، މާލެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެފައި ވަނިކޮށެވެ. މިގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 145 މީހުން މިހުންނަށް މިބަލި ޖެހިފައިވާއިރު، އިއްޔެ 109 މީހަކު އަދި އޭގެ ކުރީ ދުވަހު 108 މީހަކަށް ބަލި ޖެހިފައިވެއެވެ. މިމަހު އެކަނިވެސް ރާއްޖެއިން 1،500 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ.

މިދިޔަ ނުވަ މަސްތެރޭ 51 މީހަކު ކޮވިޑް ޖެހިގެން ވަނީ ނިޔާވެފައެވެ. އެއީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ. މީގެ ތެރެއިން 3 މީހުން ނިޔާވެފައި ވަނީ މިމަސްތެރޭގައެވެ. އެއީ ޖަނަވަރީ ހަތްވަނަ ދުވަހު  60 އަހަރުގެ ދިވެހި ފިރިހެނަކާއި 21 ވަނަ ދުވަހު 77 އަހަރުގެ ދިވެހި ފިރިހެނަކާއި އިއްޔެ ނިޔާވި 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Ads by HDC
  1. މައިމޫނާ

    އެކަމު ސިނަމާތައް ހުޅުވާލަނީ