"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: ޓީވައިޕީ ބަލިކޮށް ކޭއެޗް ލަޔަންސް ދެވަނަ ބުރަށް
"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ތިމަަރަފުށި ޔޫތު ޕްލޭޔާސް އާއި ކުޑަހެންވޭރު ލަޔަންސް ބައްދަލު ކުރި މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބު ކޮށް ލަޔަންސް އިން ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ.
މިއީ ކުޑަހެންވޭރު ލަޔަންސް މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އެގޮތުން ވޯންޓެޑާ ދެކޮޅަށް އެޓީމު ކުޅުނު މެޗު އެއްްވަރު ވީއިރު ދަ ރޯޔަލްސް އަތުން އެ ޓީމު ވަނީ މޮޅުވެފައެވެ. އަދި ޓީވައިޕީ އަތުން ވީ މޮޅާއެކު ލިބުނު 7 ޕޮއިންޓާއެކު ގުރޫޕް ޑީގެ އެއްވަނަ ޓީމެއްގެ ގޮތުގައި މި ޓީމު ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.
މިއަދުގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ދެޓީމުން ވެސް ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ. މިއަދުގެ މެޗުގައި ކޭއެޗް ލަޔަންސްގެ ގޯލްތައް ކާމިޔާބު ކޮށްދިނީ މުހައްމަދު ޝިރުހާނާއި މުހައްމަދު ޝާހެވެ. އަދި ޓީވައިޕީގެ ހަމައެކަނި ގޯލް މި މެޗުގައި ކާމިޔާބު ކޮށްދިނީ އަހުމަދު އަޖުވަދެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޭއެޗް ލަޔަންސްގެ ގޯލް ކީޕަރު މުހައްމަދު އައިމަންއެވެެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕަރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.
ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.
މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.