ޚަބަރު

ކޮވިޑް-19: މާލެއިން ފައްސިވީ 112 މީހުންނާއެކު، މިއަދު ފައްސިވީ 143 މީހުން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 143 މީހުން ފައްސިވެ 50 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 112 މީހަކާއި އަތޮޅުތެރެއިން 7 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 24 މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 15،390 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 13،966 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 51 އެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 101 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 397،525 ސާމްޕަލް ނަގައިފިއެވެ.

ރާއްޖޭގައި ބަލި ފެތުރުން މިހާރު ބޮޑުތަނުން އަނެއްކާވެސް މިވަނީ އިތުރުވާން ފަށާފައެވެ. ކޮވިޑް-19 ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުން ފަރުވާ ކުޑަކުރަމުން އަންނަކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ.

އެގޮތުން ބައެއް ފަރާތްތަކުން މިހާރު ބޭރުގައި އުޅޭއިރު މާސްކު ރަނގަޅަށް ނާޅާ އުޅޭކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!