މިސްކިތުގައި އުމުރުން ދުވަސްވީ މީހާއަށް އަނިޔާކުރި މީހާ ދޫކޮށްލީ މަސްލަހަތަށްޓަކައި: ޕީޖީ
ހުޅުމާލޭގެ މިސްކިތެއްގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން މީހާއަށް ދައުވާ ނުކޮށް އަނބުރާ ގައުމަށް ފޮނުވާލަން ނިންމާފައި ވަނީ މަސްލަހަތަށްޓަކައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭ މިސްކިތެއްގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި އިންޑިއާ މީހާގެ މައްސަލައިގެ ތަހުގީގު ނިންމާފައިވާ ކަމަށާއި ނަމަވެސް ޕީޖީން އެމީހާއަށް ފިޔަވަޅު ނާޅާއި ޑީޕޯޓު ކޮށްލަން ނިންމާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ޕީޖީން ވިދާޅުވީ މި މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތް ކުރިއިރު މި މައްސަލައިގައި ޖިނާއީ ދަޢުވާއެއް ކުރުމަށްވުރެ މަސްލަޙަތު ބޮޑީ ތުހުމަތުކުރެވޭ ފަރާތް ޑީޕޯޓްކޮށްލުމުން ކަމަށް ފެންނާތީ އެގޮތަށް ނިންމީ ކަމަށެވެ. އަދި މި ނިންމުން ނިންމުމުގެ ކުރިން މައްސަލާގައި އަނިޔާ ލިބުނު ފަރާތާ މި އޮފީހުން މަޝްވަރާކޮށް މައްސަލަ ކުރިއަށް ގެންދިއުމާމެދު ދެކޭގޮތް ބަލާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި މައްސަލަ ޕީޖީއަށް ހުށަހެޅިއިރު ތަޙުޤީޤުކުރި ފަރާތުގެ އޮޕީނިއަން އަކަށް ވެސްވީ ޑީޕޯޓް ކޮށްލުމުގެ މަސްލަޙަތު ބޮޑުކަމަށް ކަމުގައި ވެސް ޕީޖީން ވިދާޅުވެފައި ވެއެވެ.
"އަދި މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކުރާ ކުށްތަކުގެ ބާވަތާއި ލިބުނު ގެއްލުމާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް ކުރިން ވެސް ޢަމަލުކުރާ ގޮތެއް. މިބާވަތުގެ ނިންމުންތައް ނިންމުމުގައި ކުށުގެ ތުހުމަތުކުރެވޭ މީހާ ވަކިޤައުމަކަށް ނިސްބަތް ވުމަކީ ނިންމުމަށް އަސަރުކުރާނެ ކަމެއް ނޫން" މިކަމާ ގުޅިގެން ޕީޖީ އޮފީހުން ކުރި މެސެޖުގައި ވިދާޅުވިއެވެ.
ހުޅުމާލޭ މިސްކިތެއްގައި ނަމާދަށް ހުރި ދިވެއްސަކަށް އިންޑިއާ މީހަކު ހަމަލާ ދީފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ދުވަހުގެ އަސްރު ނަމާދު ވަގުތު ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައެވެ. އޭނާ މިސްކިތަށް ދިޔައީ ސައިކަލެއްގައި ކަމަށާއި އޭނާ އަތުގައި ހެލްމެޓެއް ވެސް އޮތް ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވާއިރު ހަމަނުޖެހުން ހިންގަން ފެށުމާއެކު އޭނާ މިސްކިތުން ނެރުނީ އެ ވަގުތު މިސްކިތުގައި ތިބި މީހުންނެވެ.
ހެލްމެޓް އޮތީމަ ތީ ކޮބަތޯ މައްސަލަޔަކީ
ކޮންަސްލަހަތެއް؟ އެއިން ދޭހަކޮށްދެނީ މިގައުމުގެ އަމިއްލަ ރައްޔިތުންނަށް އަމިއްލަ ގައުމުގައި އަމާންކަމެއް ނެތް މިންވަރު. ތިކަހަލަ ކިތައް ކަންތައް ކުރިޔަށް ހިނގާނެ އެހެންވީމަ؟ މިތާއުޅޭ ގައުމުން ބޭރު އެއްވެސް ބިދޭސީއަކަށް ކިތަންމެ ނުބައި ޖަރިމާއެއް ހިންގިޔަސް އެއްވެސް އަދަބެއް ނުދޭ.އެމީސްމިހުންގެ އަމިއްލަ ގައުމުގަ ނުލިބޭހާ ހިމާޔަތާ އިނާޔަތުގަ އެމީހުން މިރާއްޖޭގަ އުޅެނީ. އިއްޔެ ކޯޓަކުން އެ ނިންމީ ދިވެހިންނަށް ނުދިނަސް އެމީހުންނަށް ލިވިންގ އެލަވަންސް ލިބެން. އަޅުކަންކުރާ ތަނަކަށްވަދެ މާރާމާރީ ހިންގީމަ މަސްލަހަތޭ ކިޔާފަ ދޫކޮށްލީ. މިސްކިތަށް ވަދެ އޮރިޔާންވި މީހާ ހުރީ ދޫކޮށްލާފަ. އިންޑިޔާގަ އުޅޭ ދިވެހިން ހައްޔަރުކޮށް އަދަބުދެނި ދައުލަތާ މަޝްވަރާކޮށް މަސްލަހަތަށް ބަލާފަތަ؟ އެފަދަ ހާލަތެއްގަ ސަރުކާރުން އަޅާވެސް ނުލާ. އެކަމު އަވަށްޓެރި ގައުމެއްގެ ރައޔިތަކަށް މިގައުމުގައި ގާނޫނެއް ނުހިންގޭ އެގައުމުތަކުގެ ޕްރެޝަރާހެދި.
އިންޑިޔާގެ މަސްލަހަތު ހިމާޔަތްކުރަން ދިވެހިން ކަތިލަނީ.އެއްވެސް ގައުމެއް މިވަރަށް އަޅުވެތި ނުވާނެ. ޕީޖީ ރައްޔިތުންކުރިމައްޗަށް ގެންނާނަން. މި އަދަބު ލިބިގަންނަން