ޚަބަރު

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޙުސެއިން ރަޝީދު ޖައްސަވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދީނީ ފޮތްތައް ލިޔުއްވާ ޝައިޚް ޙުސެއިން ރަޝީދު ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފިއެވެ.

ޙުސެއިން ރަޝީދު ކޮވިޑް ވެކްސިން ޖައްސަވާފައިވަނީ ސައުދީ އަރަބިއާ ގައެވެ. އެމަނިކުފާނު މިވެކްސިން ގެ ފުރަތަމަ ޑޯޒް ޖެއްސެވީ މިމަހުގެ 22 ވަނަ ދުވަހުގައެވެ.

އެމަނިކުފާނު މިއަދު ވިދާޅުވީ އޭނާ ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވީ އިއްޔެ ކަމަށެވެ.

"ކުޑަކޮށް އަތުގައި ރިހުން އެބަހުރި. އެހެންކަމެއް ނެތް. الحمد لله! ވަރަށް އުފާވެއްޖެ. މާތް ﷲގެ ހަޒްރަތުން އެދެނީ އެންމެން މިމުސީބާތުން ސަލާމަތް ކޮށްދެއްވައި ރާއްޖެއާއި ދުނިޔޭގެ އެހެން ގައުމުތައް އިގްތިސާދީ އަޑިގަނޑުން އަރާނެގޮތް މިންވަރު ކޮށްދެއްވުންް" ޙުސެއިން ރަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފޮރިން މިނިސްޓްރީގައި އެޑިޝަނަލް ސެކްރެޓަރީއަކަށް ހުންނެވި ހުސެއިން ރަޝީދަކީ އަދާލަތު ޕާޓީގެ އެންމެ ފުރަތަމަ ރައީސެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!