Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ދީން

އެހެން މީހުންގެ ވާހަކަ ދައްކާނަމަ ހެޔޮ ވާހަކަ ދައްކާ ، ނޫންނަމަ ހަނު ހުރޭ: މުފްތީ މެންކް

އެހެން މީހުންގެ ވާހަކަ ދައްކާނަމަ ހެޔޮ ވާހަކަ ދައްކާ ، ނޫންނަމަ ހަނު ހުރޭ: މުފްތީ މެންކް
އެހެންމީހުންގެ ވާހަކަ ދައްކާނަމަ އެމީހުންނާ ގުޅޭ ގޮތުން ހެޔޮ ވާހަކަ ދެއްކުމަށާއި ނޫން ނަމަ ހަނު ހުރުމަށް ޒިމްބާބުވޭގެ މުފްތީ އިސްމާއީލް އިބުނު މޫސާ މެންކް ވިދާޅުވެއްޖެއެވެ. މުފްތީ މެންކްގެ ދަރުހެއްގައި އެމަނިކުފާނު ވިދާޅުވީ މި އިރުޝާދަކީ އޭނާގެ އަމިއްލަ ބަސް ނޫން ކަމަށާއި މިއީ އިސްލާމް ދީނުގައި އެކަން އަންގަވައިފައިވާ ގޮތް ކަމަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ. عَنْ أَبِى هُرَيْرَةَ رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ: «مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ، فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ '' ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ހެޔޮ ބަސް ބުނާށެވެ. ނޫނީ ހަނު ހުންނާށެވެ." "އަމިއްލަ ނަފްސާއި ސުވާލު ކޮށްލާ! އާޚިރަތެއް އެބައޮތް ކަމެއް ޤަބޫލު ކުރަން ހެއްޔެވެ؟ ތިބާ ކުރި ކަންތައްތަކާއި ބުނި ބަސްތަކާ މެދު ޖަވާބުދާރީ ވާންޖެހޭ ދުވަހެއް އޮތް ކަމަށް ޤަބޫލު ކުރަން ހެއްޔެވެ؟ އެހެންކަމަށް ވާނަމަ، އެކަން ތިބާގެ ޢަމަލުތަކުންނާއި ބުނާ ބަސްތަކުން ދައްކަން ޖެހޭނެ" މުފްތީ މެންކް ވިދާޅުވިއެވެ. މެންކް ވިދާޅުވީ ﷲއަށާއި އާޚިރަތް ދުވަހަށް ، އިޚްލާޞްތެރިކަމާއެކު އީމާންވާ މީހާ ، ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރާއިރު ވެސް ފަރުވާތެރިވާނެ ކަމަށާއި ސަބަބަކީ އެކަންކަމަކީ އެމީހާގެ އީމާންކަން ވަޒަންކޮށްދޭ ހެކިތައް ކަމަށެވެ. ''އެފަދަ މީހުން ވިސްނާނެ ، އަހަންނަކީ ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވެގެން ހުރި މީހެއް ، އަހަރެން (ނުބައި ޢަމަލެއް ކުރަން) ކަންބޮޑުވޭ ، މީހަކާ މެދު ވާހަކަ ދައްކާ ނަމަ ދައްކަން ވާނީ އެމީހެއްގެ ހެޔޮ ވާހަކަ'' މުފްތީ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް