މުނިފޫހިފިލުވުން

ނަށަން ދަސްކޮށްދިނުމަށް ނިމްޝާގެ އަމިއްލަ ކްލާސްތަކެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޓިކްޓޮކްގައި ގިނަ ބައެެއްގެ މަގުބޫލުކަން ހޯދައިފައިވާ ތަރި ނިމްޝާ ޒާހިރު ނަށަން ދަސްކޮށްދޭ ކްލާސްތަކެއް ފަށަން ގަސްދު ކޮށްފައިވާ ކަމަށް އޭނާ ބުނެފިއެވެ.

Ads by Sosun Fihaara

"ދެން"އާ ވާހަކަ ދައްކަމުން ނިމްޝާ ބުނީ އޭނާ ބަލިވެގެން ހޮސްޕިޓަލުގައި އެނދުމަތިވާން ޖެހުނީ އޭނާ އެ ކުލާސްތައް ފަށަން ނިންމާފައި ވަނިކޮށް ކަމަށެވެ. އަދި ކުރިން ކްލާސްތައް ފަށަން ހަމަޖެހިފައި އޮތީ ޖަނަވަރީ މަހުގެ މެދެއްހާ ހިސާބުގައި ކަމަށް ވެސް ނިމްޝާ ބުންްޏެވެ.

"ދެން"އާ ވާހަކަ ދައްކަމުން ނިމްޝާ ބުނީ އޭނާ އަކީ ޒުމްބާ އިންސްޓްރަކްޓަރެއް ކަމަށާއި އެހެން ކަމުން ޒުމްބާ ކްލާސްތަކެއް ވެސް ފަށަން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ނަށަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ނަށަން ދަސްކޮށްދިނުމުގެ ކްލާސްތަކެއް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ވެސް ގެންގުޅޭ ކަމުގައި އޭނާ ބުންޏެވެ.

މީގެ އިތުުރުން މޯލްޑިވިއަންގައި މަސައްކަތް ކުރާ ނިމްޝާ ބުނީ ވަޒީފާއިން ވަކިކުރި ކަމަށް ބުނެ އޭނާގެ ނަން ހަޑި ކުރުމަަށް، މީސްމީޑިއާގައި ދެކެވޭ ވާހަކަ ތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކި ނުކުރާ ކަމަށާއި އޭނާއަށް ވަޒީފާގެ ރަނގަޅު ފުރުސަތު ތަކެއް ލިބޭތީ އަދި ބަލިހާލަތު ހުރި ގޮތުން ވަޒީފާއިން ވަކިވުމަށް ސިޓީ ލައިފައިވާ ކަމަށެވެ.

މޯލްޑިވިއަންގައި ކެބިން ކުރޫއެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުންދާ ނިމްޝާ އިތުރަށް ބުނީ އޭނާގެ އަގުވެއްޓޭ ގޮތަށް ދޮގު ވާހަކަތައް ނުދެއްކުމަށް އެދޭ ކަމަށެވެ. އަދި އޭނާއަށް ސަޕޯޓް ކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށާއި ބަލި ހާލަތު ރަނގަޅުވީހާ އަވަހަކަށް އޭނާގެ އައު ވީޑިއޯ ތަކެއް ފެނިގެން ދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ނިމްޝާގެ ޓިކްޓޮކްގައި މިހާރު ވެސް 53 ހާހަށްވުރެ ގިނަ ފޮލޯވަރުން ތިބި އިރު އޭނާ އަންނަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދަމުންނެވެ. އަދި ފިލްމީ ދާއިރާއަށް ނުކުންނަން އުޅޭ ކަމުގެ ސިގްނަލެއް ވެސް އޭނާ ދާދި ފަހަކުން ވަނީ ދީފައެވެ.

  1. އައްޑޫކުއްޖާ

    ތިކަހަލަ ކުނި ކޮންމެ މީހަކު ނިކުންނަން ރަނގަޅު ތަނެއް ފިލްމީ ދާއިރާ

  2. ރަންކޮޅާ ނަށަން ދަސްކޮށް ނުދީ ކޮންމެސް އެހެން މަސައްކަތެއް ދަސްކޮށް ދެވޭތޯ ބަލާބަލަ، ނެށުމަކީ އެއްވެސް ފައިދާ ހުރިކަމެއްތޯ؟ ﷲ ނިމްޝާޔަށަ ހެޔުވިސް ނުމާއި ސިއްހަތު ދެއްވާށި !

  3. އޮރިޔާން ކައުޅު

    އޮރިޔާން ނިވާކުރަން ނޭނގޭ މީހަކަށް ކޮން ނަށާ ކުލާސްތަކެއް ހިންގޭނީ. ކަނބުލޮ އިހަށްވީ އޮރިޔާން ނިވާކުރަން ދަސްކޮަށްދޭ ކުލާހަކު ބައިވެރިވެގެން އެކަންނު ދަސްކުރަށް

  4. މާމުއި

    ނިސްމާ
    ނަށާކުލާސް ހިންގުމައްވުރެ މާރަގަޅުވާނެ
    ގުރުއާން ކުލާހެށް ހިންގިއްޔާ
    އޭރުން ކަބުލޮޔައް ފައިދާކުރާނެ ޔާﷲ
    ކަބުލޮޔައް ހެއުދުވާކުރާނެ