ކުޅިވަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: ކޭއެޗް ޔުނައިޓެޑް ކަޓުވާލުމަށްފަހު އެފްސީ ޗިކަން ދެވަނަ ބުރަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ކުޑަހެންވޭރު ޔުނައިޓެޑާއި އެފްސީ ޗިކަންސް ބައްދަލު ކުރި މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބު ކޮށް އެފްސީ ޗިކަން ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ.

Ads by STELCO

މި ދެޓީމު އޮތް ގުރޫޕް ޖީގެ އެއްވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކުރީ މަސްއޮޑި ސްޕޯރޓްސް ކުލަބެވެ. އަދި ދެވަނަ ޓީމެއްގެ ގޮތުގައި އެފްސީ ޗިކަންއެވެ.

މިއަދު ހަވީރު ހަތަރެއް ޖަހާއިރު ޒެފާސް އާއި މަސްއޮޑި އެސްސީ ކުޅެން އޮތް މެޗަށް ޒެފާސް އިން ހާޒިރު ނުވުމާ ގުޅިގެން ދެ ގޯލާއި ތިން ޕޮއިންޓާއެކު މެޗު ވަނީ މަސްއޮޑި އެސްސީއަށް ލިބިފައެވެ.

ކޭއެޗް ޔުނައިޓެޑާއި އެފްސީ ޗިކަން ބައްދަލު ކުރި މެޗުގައި ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައިރު ދެޓީމުން ވަނީ ލަނޑު ޖަހާނެ ފުރުސަތު ތަކެއް ފަހި ކޮށްފައެވެ. މިއަދުގެ މެޗުގައި އެފްސީ ޗިކަންސް އިން ޖެހި ދެލަނޑު ވެސް ކާމިޔާބު ކުރީ އެޓީމުގެ ޖާރޒީ ނަންބަރު 11 މުހައްމަދު ހަމްދާނެވެ. އަދި މެޗުގައި ކޭއެޗް ލަޔަންސް އިން ޖެހި ހަމައެކަނި ގޯލް ކާމިޔާބު ކުރީ މުހައްމަދު ނާފިއު އަހުމަދު އެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ޗިކަންސްގެ ގޯލް ކީޕަރު އާދަމް އިނާޒްއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!