ޚަބަރު

ކޮވިޑް-19: ހޮސްޕިޓަލު ތަކުގައި ފަރުވާ ދޭ މީހުންގެ އަދަދު މިއަދުވެސް 100އިން މަތި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑަށް ފައްސި ވެގެން ހޮސްޕިޓަލުތަކުގެ ފަރުވާ ދޭ މީހުންގެ އަދަދު މިއަދު ހުރީ 116 ގައެވެެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 112 މީހަކާއި އަތޮޅުތެރެއިން 7 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 24 މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 15،390 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 13،966 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 51 އެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 101 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 397،525 ސާމްޕަލް ނަގައިފިއެވެ.

ރާއްޖޭގައި ބަލި ފެތުރުން މިހާރު ބޮޑުތަނުން އަނެއްކާވެސް މިވަނީ އިތުރުވާން ފަށާފައެވެ. ކޮވިޑް-19 ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުން ފަރުވާ ކުޑަކުރަމުން އަންނަކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!