ކުޅިވަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: ގަދަ ސޯޅައިގެ ގަދަ ހިފުން މިރޭ ފަށަނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރާއްޖޭގައި ފުޅާ ދާއިރާއެެއްގައި ޖާރޒީގެ ވިޔަފާރި ކުރަމުން އަންނަ މަޅި އެމްވީ އިން އިންތިޒާމު ކޮށްގެން ބާއްވާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ދެވަނަ ބުރަށް ދަތުރު ކުރި ޓީމްތައް ކަށަވަރު ވެއްޖެއެވެ. އަދި ދެވަނަ ބުރަށް ދިޔަ ގަދަ ސޯޅަ ޓީމުގެ ކުރިމަތިލުން ތައް މިރޭ އަދި މާދަމާ ރޭ ކުރިއަށް ދާނެއެވެ.

Ads by MWSC

މި މުބާރާތުގެ ގުރޫޕް އޭ އިން ދެވަނަ ބުރަށް ދިޔައީ އޯވަންއޯ އަދި ރެމްޕޭޖެވެ. ގުރޫޕް ބީ އިން އެންއެސް ރޯމާ އަދި ޑީސީ އެވެންޖާރސް އެވެ. އަދި ގުރޫޕް ސީ އިން ވީކޭ އަދި ސްކޮޑްރާ އެސްސީ ދެވަނަ ބުރަށް ދިޔައިރު ގުރޫޕް ޑީއިން ދެވަނަ ބުރަށް ދިޔައީ ދަ ރޯޔަލްސް އަދި ކުޑަހެންވޭރު ލަޔަންސްއެވެ. އަދި ގުރޫޕް އީ އިން ދެވަނަ ބުރަށް އެފްސީ ޒެފިއާ އާއި އާން ދޯ ދަތުރު ކުރި އިރު، ގުރޫޕް އެފް އިން ނޮއެނާ އާއި ސީކޭއެވެ. އަދި ގުރޫޕް ސީ އިން ވަރުގަދަ މަސްއޮޑި އެސްސީ އަދި ޗިކެންސް އެސްސީ ދެވަނަ ބުރަށް ދަތުރު ކުރި އިރު ގުރޫޕް އެޗް އިން ދެވަނަ ބުރަށް ދަތުރު ކުރީ މަސްއޮޑި ޓައިޓަންސް އާއި ބޫޗީސް އެވެ.

ގަދަ ސޯޅައިގެ މެޗުތައް މިރޭ ފެށޭއިރު ފުރަތަމަ މެޗުގައި މިރޭ އަށެއް ޖަހާއިރު ބައްދަލު ކުރާނީ އޯވަންއޯ އާއި ޑީސީ އެވެންޖާސް އެވެ. އަދި ދެވަނަ މެޗުގައި އެންއެސް ރޯމާ އާއި ރެމްޕޭޖްގެ ގަދަ ހިފުމެއް ނުވައެއް ޖަހާއިރު އޮންނާނެއެވެ. އަދި ދިހައެއް ޖަހާއިރު ސްކޮޑްރާ އެސްސީ އާއި ދަ ރޯޔަލްސް ވާދަ ކުރާއިރު އެގާރަ ޖަހާއިރު ފެނިގެންދާނީ ވީކޭ އާއި ކުޑަ ހެންވޭރު ލަޔަންސްގެ ގަދަ ހިފުމެކެވެ.

މާދަމާ ރޭ ވެސް ދެވަނަ ބުރުގެ ހަތަރު މެޗު ކުޅެވިގެން ދާނެއެވެ. އެގޮތުން އަށެއް ޖަހާއިރު ބައްދަލު ކުރާނީ އެފްސީ ޒެފިއާސް އާއި ނޮއެނާ އެވެ. އަދި ދެވަނަ މެޗުގައި ނުވައެއް ޖަހާއިރު ބައްދަލު ކުރާނީ ސީކޭ އަދި އާންދޯއެވެ. ތިން ވަނަ މެޗުގައި ދިހައެއް ޖަހާއިރު މަސްއޮޑި އެސްސީ އާއި ބޫޗީސްގެ ގަދަހިފުމެއް އޮންނައިރު އެގާރަ ޖަހާއިރު އޮންނާނީ މަސްއޮޑި ޓައިޓަންސް އާއި ޗިކަންސް އެސްސީގެ ކުރިމަތި ލުމެކެވެ.

މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވެސް ފޯރިގަދަ މެޗުތަކެއް ކުޅެވިގެން ދިޔައިރު  ދެވަނަ ބުރުގައި އަދި މާ ފޯރިގަދަ މެޗުތަކެއް ފެނިގެން ދާނެ ކަމަށް ލަފާ ކުރެވެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!