އަދުރޭ އާއި ޝުޖާއު އަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް: ފުލުހުން
ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުالله އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މި މޭރުމުން ވާހަކަ ދެއްކީ މިދިޔަ ބުދަ ދުވަހު ވެކްސިނާ ދެކޮޅަށް އިދިކޮޅުން ކުރި ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން އެ ދެމީހުން ހައްޔަރު ކުރުމަށްފަހު، މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބޭއްވި އަޑުއެހުމުގައެވެ. އެ އަޑުއެހުމުގައި ކޯޓުން ވަނީ އެމީހުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެމީހުން ދޫކޮށްލާފައެވެ.
އަދުރޭ އާއި ޝުޖާއު ދޫކޮށްލަން ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ޓްރެފިކަށް ދަތިކުރި ކަމުގެ ހެކި ހުރި ނަމަވެސް ދޫކޮށްލީ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާތުގެ ގަވައިދުގައި މީހުން ބަންދުގައި ބައިތިއްބަން ޖެހޭ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް ނުފެތޭތީ ކަމަށެވެ.
މީގެ އިތުރުން، އެ ދެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ހުރި ކުރިމަތިވެދާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް އެ ކޯޓު އަމުރުގައި ބުނެފަައިވެއެވެ.އެހެން ނަމަވެސް މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވުމުގައި ރިއާޔަތް ކުރެވިދާނެ އެކަށީގެންވާ ސަބަބެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށް ކޯޓު އަމުރުގައި ބުނެއެވެ.
އެ ދެމީހުން ހައްޔަރު ކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ. ފުލުހުން ކޯޓުގައި ބުނީ އެމީހުން ހައްޔަރުކުރީ އާންމު ދަތުރުފަތުރުކުރާ މީހުންނަށް އުދަނގޫވާނެ ގޮތަށް މަގުމަތީގައި އިށީނދެ، އަޑުގަދަކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާތީ ކަމަށެވެ.
އަދުރޭ އާއި ޝުޖާއު ހައްޔަރު ކުރީ ދަރުބާރުގޭ ކުރިމަތިންނެވެ.
ޤައުމަށް ނުރައްކަލަކަށް ވެފައިވަނީ އިންޑިއާއިން ގެނެސްފައިވާ ބައެއް އެމީހުން ދިވެހިން މިސްކިތުގައި ތިއްބަސް ތަޅައި ފޮޅައިހަދަނީ ރިޕޯޓްކުރުމުން ނޭގޭކަމަށް ހަދައިފައި ޤައުމަށް ފޮނުވާލާބައެއްދޯ ނުރައްކަލަކަށްވާނީ
އަދުރޭ ސުޖާއު ޖެހޭނީ ފެލިފެލި ތިބެން. ދާނީހުޅުބު