ޚަބަރު

ކޮވިޑް-19: މާލެއިން ފައްސިވީ 90 މީހުންނާއެކު، މިއަދު ރާއްޖެއިން 122 މީހުން ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން މިއަދު 122 މީހުން ކޮވިޑް-19 އަށް ފައްސިވެ، އިތުރު 32 މީހުން ބަލިން ފަސޭހަ ވެއްޖެއެވެ،

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 90 މީހަކާއި އަތޮޅުތެރެއިން 4 މީހެއްގެ އިތުރުން ހިންގަމުން އަންނަ ރިސޯޓުތަކުން 25 މީހަކާއި ކަނޑު އުޅަނދުފަހަރުން ތިން މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 15،736 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 14،096 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 51 އެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 152 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 407،145 ސާމްޕަލް ވަނީ ނަގާފައެވެ.

ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާވެސް ކޮވިޑް ފެތުރޭ އަދަދު 100އިން މަތިވަމުން ދިޔުމާ ގުޅިގެން، އެޗްޕީއޭއިން ވަނީ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އެގޮތުން މިހާރު މެންދަމު 00:00 އިން ފަތިހު 4:00 އާއި ހަމައަށް މާލެ ސަރަޙައްދުގައި ބޭރު ތެރޭގައި އުޅުން މަނާ ކޮށްފައިވާއިރު، އެ ވަގުތުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ވެސް މަނަލެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!