ދުނިޔެ

ޗައިނާއިން ބައި މިލިއަން ޑޯޒް ވެކްސިން ޕާކިސްތާނަށް ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޗައިނާގައި އުފައްދާފައިވާ ކޮވިޑް-19 ވެކްސިނުގެ ބައި މިލިއަން ޑޯޒް ޕާކިސްތާނަށް ހަދިޔާ ކޮށްފިއެވެ.

Ads by Sosun Fihaara

މިއީ ޕާކިސްތާނަށް ލިބުނު ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމަންޓެވެ. އެ ގައުމުން ވަނީ ޗައިނާއިން ދިން އެހީއަށް ޝުކުރު އަދާކޮށްފައެވެ. ޕާކިސްތާނުން މިހާތަނަށް ހުއްދަ ދީފައި ވަނީ ސައިނޯފާމު، އެސްޓްރަޒެނެކާ އަދި ސްޕަޓްނިކް ވީ ވެކްސިނަށެވެ.

ޕާކިސްތާން ސަރުކާރުން ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ ވެކްސިން ދެވޭނީ ފްރޮންޓްލައިންގެ މަސައްކަތްތެރިންނަށެވެ. އެ ގައުމުގެ 400،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު 65 އަހަރުން މަތީގެ ކޮވިޑް ޖެހި، ހާލު ދެރަ މީހުންނަށް ވެކްސިން ދެވިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މިހާތަނަށް ޕާކިސްތާނުން ކޮވިޑަށް ފައްސި ވެފައިވާ މީހުންގެ އަދަދު ވަނީ، 546,428 އަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 501,252 އަށް އަރާފައި ވާއިރު ބަލީގައި މަރުވެފައި ވަނީ 11،683 މީހުންނެވެ.

ބަލީގައި ހާލު ދެރަ 2092 މީހަކަށް ފަރުވާދެމުން ދާކަމަށް އެ ގައުމުން ބުނެއެވެ. އަދި ކޮންމެ ދުވަހަކު ވެސް އެވްރެޖުކޮށް 1800 މީހުންނަށް ދަނީ ބަލި ޖެހެމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!