ރާއްޖެ އޮތީ ކޮވިޑް-19ގެ ހައި ރިސްކް ގައުމެެއްގެ ގޮތުގައި :ޑރ. ޝީނާ

ރާއްޖެ އޮތީ ކޮވިޑް-19ގެ ހައި ރިސްކް ގައުމެއްގެ ގޮތުގައި ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ މިހާރު ކުރިއަށްދާ ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ މިވަގުތު ރާއްޖެ އޮތީ ކޮވިޑް-19ގެ ހައި ރިސްކް ގައުމެއްގެ ގޮތުގައި ކަމަށާއި ދިވެހި ރާއްޖެ މިހާރު މިއޮތް ހާލަތުން ރައްކާތެރި ނޫން ކަމަށެވެ.
މި ފަހުން ދުވާލަކު ބަލި ޖެހޭ މީހުން އަދަދު ސަތޭކައަށް ވުރެ މަތީގައި ހުރުމަށް ފަހު، އިއްޔެ ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވެފައެވެ. މިއާއެކު މާދަމާއިން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރަށް ހަރުކަށި ކޮށްފައެވެ.
ޑރ. ޝީނާ ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގަ އިވެސް އާ ވޭރިއަންޓުތަކާއެކު ބަލި ފެތުރުން އަވަސްވެގެން ދިޔަ ކަމަށާއި، ރާއްޖޭގައިވެސް ފެންނަމުން ދަނީ އެފަދަ ހާލަތެއް ކަމަށެވެ. އަދި މިހާރު ބަލި ޖެހޭ މީހުންގެ 30 އިންސައްތައަކީ އާ ވައްތަރު ޖެހޭ މީހުން ކަމަށް ޝީނާ ވިދާޅުވިއެވެ.