ކޮވިޑްގެ ބަލިމަޑުކަމުގައި އެތައް ބަޔަކަށް އެހީވި ކެޕްޓަން ޓޮމް، އުމުރުން 100 އަަހަރުގައި އެބަލީގައި މަރުވެއްޖެ

ލަންޑަން (ސީއެންއެން): އިނގިރޭސިވިލާތަށް އެރި ކޮވިޑް-19 ގެ ފުރަތަމަ ރާޅުގައި، އެޤައުމުގެ ސިއްޙީ ދާއިރާގެ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިން ކެޕްޓަން ޓޮމް މޯ، ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެ މަރުވެއްޖެއެވެ.
ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގައި އެޤައުމުގެ އަސްކަރިއްޔާގައި ވަޒީފާވެސް ކެޕްޓަން ޓޮމް ވަނީ ދަނޑުވެރިކަން ކޮށްގެން 22 މިލިއަން ޔޫރޯ (45 މިލިއަން ޑޮލަރު) އިނގިރޭސިވިލާގެ ސިއްޙީ ދާއިރާއަށްޓަކައި ހޯދައިދީފައެވެ. އެކަމުގައި އޭނާއާއެކު ކުރިން މަސައްކަތް ކުރި ބައެއް މީހުން ވެސް، ގުޅިގެން މަސައްކަތް ކުރިއެވެ.
އުމުރުން އެހާ ދޮށިވެފައި ހުއްޓާ ވެސް ޤައުމަށް އެފަދަ އެހީއެއް ވެދިނުމުގެ ސަބަބުން ކެޕްޓަން ޓޮމް މޯ އަށް ވަނީ އަސްކަރިއްޔާގެ ކެޕްޓަން އެއްގެ މަޤާމުދީ ޕްރޮމޯޝަން ދީފައެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ރާނީ ވަނީ ކެޕްޓަން މޯ އަށް "ނައިޓްހުޑް" ކަމުގެ ޝަރަފު ވެސް ދެއްވާފައެވެ.

ކެޕްޓަން ޓޮމް ކޮވިޑަށް ފައްސިވެގެން ހޮސްޕިޓްލުގައި އެޑްމިޓު ކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. ނޭވާލާން ދަތިވުމާއި، ނިއުމޯނިއާ ވެސް ޖެހިގެން ކެޕްޓަން ޓޮމް މަރުވީ އިއްޔެގެ ވަގުތެއްގައި ކަމަށް އެ އާއިލާއިން ވަނީ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.