ޚަބަރު

ޕޮލިސް ސްޓޭޝަން ނެތް ރަށްރަށުގައި ޓާސްކު ފޯސް އިން މާސްކު ނާޅާ ފަރާތްތައް ޖޫރިމަނާކުރާނެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ބިދޭސީންތަކެއް-- ފޮޓޯ: އަވަސް

ޕޮލިސް ސްޓޭޝަން ނެތް ރަށްރަށުގައި ޓާސްކު ފޯސްތަކުން މާސްކު ނާޅާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ރާއްޖޭގައި ކޮވިޑް-19 ކޭސްތައް އިތުރުވަމުން އަންނާތީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.

އަދި ފިޔަވަޅުތަކާއި އެއްގޮތަށް ޢަމަލު ކުރުމަށް ކުރިން އަންގާފައިވާތީ އާއި ކުރިން ނަސޭޙަތް ވެސް ދެވިފައިވާތީ، މިފަހަރު ޖޫރިމަނާ ކުރެވޭނީ އެއްވެސް އެންގުމަކާ ނުލާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ކޮވިޑްގެ ނަމްބަރުތައް ދަށް ވުމަށްފަހު އަނެއްކާ ވެސް ފައްސި ވޭދަނަތައް ދަނީ އިތުރުވަމުންނެވެ. އެއާއެކު އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ.

Ads by Ooredoo
  1. އަހުމަދުރަޝީދު

    މާސްކުއަޅަންމަޖޫބުރޫވޭ ތީއީރަގަޅުކަމެއް….

  2. ޖޫރިމަނާ

    އާން! އަހަރެމެން ރަށު ޕޮލިހުން ވަރަށް ކުޅަދާނަ ވާނެ ޖޫރިމަނާ ކުރަން . ވަގު ކަލޭގެ ހައްޔަރެެއް ނުކުރެވޭ.