ފަންކާ ޖަހައިގެން ނިދުމަކީ ތިޔަ ހީކުރާ ވަރަށްވުރެ ފައިދާހުރި ކަމެއް!
ފަންކާ ޖަހައިގެން ނިދުމަކީ ގިނަ ބަޔަކަށް އާދައަކަށް ވެފައިވާ ކަމެކެވެ. އޭގެ ތެރޭގައި ފަންކާ ޖަހައިގެން ނޫނީ ނުނިދޭ މީހުން ވެސް ވަރަށް ގިނައިން އުޅެއެވެ. އެފަދަ މީހުން ބުނާ ގޮތުގައި ފަންކާގެ ހަމައެކަނި ބޭނުމަކީ ފިނި ކުރުމެއް ނޫނެވެ. ފަންކާ ޖަހާފައި ހުންނައިރު އިވޭ އަޑަކީ ނިދަން ފަސޭހަ ކޮށްދޭ އަޑެއް ކަމަށް ވެސް އެފަދަ މީހުން ބުނެއެވެ.
ސައިންސްވެރީން ފާހަގަ ކުރާ ގޮތުގައި ފަންކާ ޖަހައިގެން ނިދުމަކީ ވަރަށް ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ. އޭގެ ތެރެއިން ބައެއް ފައިދާތަކަށް ބަލަައިލާނަމެވެ.
ނޭވާލާން ފަސޭހަވުން
ފަންކާ އަކީ ތިބާގެ ކޮޓަރީގައި ވައި ދައުރުވުމަށް ފަސޭހަ ކޮށްދޭ އެއްޗެކެވެ. މިކަމުގެ ސަަބަބުން އެއްވެސް ބަދަލެއް ނާންނަ ކަމަށް ހީކުރި ނަމަވެސް ހަގީގަތުގައި، ކޮޓަރީގައި ވައި ދައުރުވުމަކީ ނޭވާލާން ފަސޭހަ ކޮށްދޭ ކަމެކެވެ. އަދި ދިރާސާތަކުން ދައްކާ ގޮތުގައި މިގޮތަށް ނޭވާލާން ފަސޭހަވުމުން، ނިދީގައި ވާ ކުއްލި މަރުތަކުގެ އަދަދު 72 އިންސައްތަ މަދު ކޮށްދެއެވެ.
އަޑު
ނިދާފައި އޮންނައިރު ބައެއް ފަހަރަށް، އިވޭ ކުޑަކުޑަ އަޑެއްގެ ސަބަބުން ވެސް އުނދަގޫ ވެގެން ހޭލެވޭ ދޯއެވެެ. ފަންކާ ޖަހައިގެން ނިދުމަކީ ކޮޓަރިތެރޭގައި ހަމަހިމޭންކަން ގެއްލުވައިލާ ކަމެކެވެ. ފަންކާއިން އިވޭ އަޑަކީ އެހެން އަޑުތައް މަޑު ކޮށްދޭ އެއްޗެކެވެ. ހަމައެހެންމެ ފަންކާއިން އިވޭ އަޑަކީ ކަންފަތަށް އުނދަގޫ އަޑެއް ނޫނެވެ. އެހެން ކަމުން ނިދާފައި އޮންނައިރު އިވޭ އަޑުތައް މަދުވެ، ކުއްލިއަކަށް އެކަމާހެދި ހޭލެވުން ބޮޑުތަނުން މަދުވެގެން ދާނެއެވެެ.
ވަސް
ބައެއް މީހުންނަކީ ބިޒީ ކޮށް އުޅެން ޖެހުމުގެ ސަބަބުން ނުވަތަ ކަންނެތްކަމުން ކޮޓަރި ސާފު ނުކުރާ މީހުންނެވެ. އެހެން ކަމުން ކޮޓަރީގައި ނުބައި ވަހެއް ދުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް ފަންކާގެ ސަބަބުން ކޮޓަރި ތެރޭގައި ވައި ދައުރުވުމަށް ފަސޭހަ ވެގެންދާތީ މިފަދަ ވަސްތައް ބޮޑުތަނުން މަދު ކޮށްދެއެވެ. އެކަމުގެ ސަބަބުން އަރާމް ނިންޖަކަށް މަގުފަހިވެއެވެ. އަދިިިިިިި ކޮޓަރިތެރޭގައި އުޅެން ވެސް ފަސޭހަ ވެގެންދެއެެވެ.
ފަންކާ ޖަހައިގެން ނިދުމުގެ ބައެއް ގެއްލުން
ހުރިހާ ކަމެއްގައި ވެސް ދެކޮޅު އޮންނަ ފަދައިން، ފަންކާ ޖަހައިގެން ނިދުމަކީ ވެސް ފައިދާތަކާއި ގެއްލުންތައް ވެސް ހުރި ކަމެކެވެ. އެގޮތުން ފަންކާ ޖަހައިގެން ނިދުމަކީ ކޮޓަރިތެރޭގައި ހުންނަ ހިރަފުސް ލޮލަށާއި ނޭފަތާއި ކަރުތެރެއަށް ދިއުމަށް މަގުފަހިވާ ކަމެކެވެ. އެކަމުގެ ސަބަބުން ބައެއް މީހުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ.
ފަންކާ ޖަހައިގެން ނިދުމަކީ ގިނަ ބަޔަކަށް އާދަވެފައިވާ ކަމަކަށް ވިޔަސް ފަންކާ ޖަހައިގެން ނިދުމަކީ މިފަދަ ފައިދާތައް ލިއްބައިދޭ ކަމެއްކަން އެނގެނީ މަދު ބަޔަކަށެވެ. ނަމަވެސް ހަގީގަތަކީ މިއީ ވަރަށް ފައިދާ ހުރި ކަމެއް ކަމެވެ.