މަޖިލިސް ބޮއިކޮޓް ކުރީ ޑިމޮކްރަސީ ފުނޑުފުނޑުކޮށް އިދިކޮޅު ލީޑަރު ޖަލަށް ލާފައިވާތީ: ސައީދު
މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާ އިދިކޮޅު މެންބަރުން ބޮއިކޮޓު ކުރީ ޑިމޮކްރަސީ ފުނޑުފުނޑުކޮށް، އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލަށްލައި، ނުހައްގުން ދެމުންދާ އަނިޔާތަކަށް ދޫ ނުދޭތީ ކަމުގައި މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މަޖިލީސް ބޮއިކޮޓުކުރި ސަބަބާ ގުޅޭ ގޮތުން އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ ރިޔާސީ ބަޔާނެއްގައި މިހާތަނަށް ދެއްކެވި އެއްވެސް ވާހަކައެއް ދިމާވެފައި ނުވާ ކަމަށާއި އެކަންކަން ތަންފީޒުވަމުން އަންނަ ތަން ވެސް ނުފެންނަ ކަމަށެވެ.
އިދިކޮޅު ސަޕޯޓަރުން ވަނީ މިއަދު ގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަމުން ދިޔައިރު، މަޖިލިސް ބޭރުގައި މުޒާހަރާ ކޮށްފައެވެ. އަދި އިދިކޮޅު މެންބަރުން މަޖިލީސް ޖަލްސާއަށް ހާޒިރުވެފައި ނުވާއިރު، ރިޔާސީ ބަޔާން އިއްވެވުމަށްފަހު ރައީސް ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުން ނިކުމެ ވަޑައިގަތް ވަގުތު އިދިކޮޅު މެންބަރުން ވަނީ އިހުތިޖާޖު ވެސް ކުރައްވާފައެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ރައީސް ސޯލިހާއި މަޖިލީސް ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޗެމްބަރުން ނިކުމެވަޑައިގެން މަޖިލީހުން ބޭރަށް ނިކުމެވަޑައިގަންނަވާ ދޮރު ކައިރިއަށް ވަަޑައިގެންނެވިއިރު އިދިކޮޅު މެންބަރުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ބެނާއެއް ހިއްޕަވައިގެން ތިބެ އިހުތިޖާޖު ކުރައްވާފައެވެ.
ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ތައްޔާރު ކޮށްފައިވާ މި ދިގު ބެނާ ހިއްޕަވައިގެން ތިބީ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދާއި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި ފުލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދެވެ.
ޖެހިލަމާ މީގެ 4 އަހުފަހަތައް ކަންހިންގާފަހުރިގޮތްބަލާލަން ހީކޮންގެންތިބީ ޕޕ ގެ ބޮޑުތުބުޅިލީމީހަކު ބުނިގޮތައް ދުނިޔެ ނިމެންދެން ވެރިކަންކުރެވޭނެކަމައް ވަގުންނައް