އިހުތިޖާޖު ކުރީ ރައީސް ނަޝީދު ފައިސާ ނަންގަވާފައި އެއްބަސްވި ގޮތަށް ކަންތައް ނުކުރުމުން : ޖާބިރު
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވާ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ރިޔާސީ ބަޔާން އިއްވެވިއިރު އަޑުގަދަ ކުރެއްވީ، ފައިސާ ނަންގަވައިގެން އެދެވޭ ގޮތަކަށް ވެރިކަން ނުކުރައްވާތީ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ފެއްޓެވިއިރު މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވިއިރުވެސް މެންބަރު ޖާބިރު ވަނީ އިހުތިޖާޖު ކުރައްވާފައެވެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ ރައީސް ނަޝީދު އާއި ރައީސް ޞާލިޙު ކޮލޮމްބޯ އަށް އެމަނިކުފާނުގެ ގެއަށް ވަޑައިގެން ޖާބިރު އަތުން ލާރި ނަންގަވައި، އެތައް ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް އައިސް އެދެބޭފުޅުން ވެސް ވެރިކަމުގެ ކަންތައްތައް ގެންދެވީ ވަރަށް "އުދާސްކޮށް" ކަމަށެވެ.
"މިވާގޮތަކީ ވެރިކަމަށް އައުމަށް ރައީސް މުޙައްމަދު ނަޝީދު އާއި އިބްރާހިމް މުޙައްމަދު ޞާލިޙު އާއި ކޮލޮމްބޯގައި އަޅުގަނޑުމެންގެ ގެއަށް އައިސް އަޅުގަނޑު އަތުން ލާރި ނަގައިގެން، އެވެނި މިވެނި ކަމެއް ކޮށްދޭނަމޭ ކިޔާ ދޮގުތަކެއް ހަދައިގެން މި ދެމީހުން ރާއްޖޭގެ ވެރިކަމަށް އައިސް، މި ދެމީހުން ރާއްޖޭގެ ވެރިކަމުގެ ކަންތައްތައް ވަރަށް އުދާސްކޮށް ގެންދިޔައީ." ޖާބިރު ވިދާޅުވިއެވެ.
ކާށިދޫ ދާއިރާގެ މެންބަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމަށް އައުމަށްޓަކައި، ފައިސާ ލިބުމުން ދޯކާ ދީގެން ރައީސް ޞާލިހާއި ރައީސް ނަޝީދު ވެސް ވެރިކަމަށް އައިސް، ދެއްކެވި އެއްވެސް ވާހަކައަކަށް ބަރޯސާ ނުކޮށް، ރާއްޖޭގެ ކަންކަމުގައި އެމަނިކުފާނުގެ ވިޔަފާރިތައް ހުއްޓުވި ކަމަށް ވެސް މިއަދުގެ އިހުތިޖާޖުގައި ވިދާޅުވި ކަމަށެވެ. އަދި އެބޭފުޅުން ވަނީ މެންބަރު ޖާބިރު އަތުން "ލާރި ނަގައިގެން އެއްބަސްވުމާއި ޚިލާފުވެ ވަޑައިގެންފައި" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު އަތުން ލާރި ނަގައިގެން އެއްބަސްވުމާއި ވަނީ ޚިލާފުވެފަ. އަޅުގަނޑު އަތުން ލާރި ނަގައިގެން ދެއްކި ވާހަކަތަކާއި ޢަމަލާ ދިމަލެއް ނުވޭ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެއިރު ޢަބްދުﷲ މަސީޙު ހުންނެވިއިރު ދިމާވި ކަންތައްތަކާއި، އެއިރު ދިމާވެފަ ހުރި ބައިވަރު ކަންތައްތައް ހައްލު ކުރުމަށްޓަކައި ސިޔާސީ ގޮތުން ރައީސް މައުމޫނަށް ފައިނޭންސް ކުރަން އަޅުގަނޑުގާތު ރައީސް ނަޝީދު ވިދާޅުވުމުން ރައީސް ނަޝީދުގެ ބަހަށް އޮތް އިތުބާރުގެ މައްޗަށް އަޅުގަނޑު ފައިސާގެ އެހީވީން" ޖާބިރު ވިދާޅުވިއެވެ.
އެކަމަކު ރާއްޖޭގެ ވެރިކަމަށް އެބޭފުޅުން އައިމަ 'ތަށަށް ކިޔަނީ މަރިޔަނބު ހޭ ވެސް' ހިއެއް ނުވި އަޅުގަނޑު
މެންބަރު ޖާބިރު މިއަދު އުފުއްލެވި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސް ޞާލިޙު އެއްވެސް އެއްޗެއް ވިދާޅު ނުވާ ކަމަށާއި އެހެން ނަމަވެސް ރައީސް ނަޝީދު މިއަދު މަޖިލިސް "އޮޕަރޭޓް" ކުރެއްވީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސާ ދޭތެރޭ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ފިޔަވަޅު އަޅާނަން. އޭނާ ރައްޔިތުންގެ މަޖިލިހުގެ ދޮރުތައް ބަންދު ކުރަން އެންގެވި ނަން ނުއިއްވާ. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި ކުރާ މަސައްކަތަށް ހުރަސް އަޅާފަ ވަނީ. އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ މައްޗަށް އަޅުގަނޑު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން." ޖާބިރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ރައީސް ނަޝީދު އިންނަން އަޅުގަނޑުގެ ތާއީދު ގެއްލިއްޖެ!
ޖާބިރު ވިދާޅުވީ މިއަދު ރައީސް ނަޝީދު ޢަމަލު ކުރެއްވީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި ކާށިދޫ ދާއިރާގެ މެންބަރުކަމުގެ ދުސްތޫރީ ޒިންމާ އުފުލަން މިއަދު ރައީސް ނަޝީދު ހުރަސް އެޅުއްވި ކަމަށެވެ.
މީނަ އަތުން ފައިސާ ނުނަގާ އެކަކުވެސް ނެތެއްނު. އަނެއްކާ މަގޭ ވެސް މީނަ އަށް ދަރާފަބާ!
ރިޝްވަތުނުދޭ މީހެއްނެއް
ސަރުކާރުގެ ހުރިހާބޮޑުންވެސް ޖާބިރަށް ވަރަށް ބޮޑަށް ދަރާފަ ދޯ މި އޮތީ؟ ސަރުކާރު އުފެދުމުގައިވެސް ރިޝަވަތު އުފެދުގެންވެސް އެނޫންކަމެއް ނެތީބާ؟
މީނަގެ ސިކުނޑީގައި އަބަދުވެސް ރުފިޔާ ފައިސާ ލާރި ލާރި. ކިހިނެއްވެފަ ހުންނަ އާދަމުގެ ދަރިއެއްމި
އަނެއްކާ ދިޔާނާ އަށް ފައިސާ ދިންބާ؟
ފައިސާ ފައިސާ ފައިސާ ކީއްކުރާ އެއްޗެއް އެއީ ޖާބިރޫ މާދަންވެސް މަރުވެދާނެ ެެކައްޗެއްވެސް ނުގެންދެވޭނެ ގެންދެވޭނީ ތިމާދުނިޔޭގަ ހުރެ ކުރި ހެޔޮ ކަމެއް ތިވަރަށް ފައިސާ ފައިސާ ކިއުމުގެ ބަދަލުގަ ކޮންމެސް ހެޔޮ އެއްޗެއްދުލުންކިޔާލަ ކިޔާލަ އިދެވޭތޯބަލާ އެފައިސާ ނެގިމީހުން ޖާބިރުކައިރިޔަށް އަންނާނެ އެކަމަށް މާފަށް އެދެން ނޫނި ނެގިފައިސާތަކުގެ ދަރަނި އަދާކުރަން
ޖާބިރުކަލެއަަަކައް ނުކެރޭނެ ދެރައިއްސުންގޮވައިގެއް ކޯޓައްދާކައް އޮއްނާނީދަށުވެފަ ތިއުޅެނީކޮއްމެވެސް ރަށެއްގެބޭނުމުގަ