ޚަބަރު

އިންޑިއާއިން ހަދިޔާކުރި އެއްލައްކަ ޑޯޒް މި މަސް ތެރޭގައި ޖަހައި ނިންމާލެވޭނެ: މައިމޫނާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި ކޮވިޝީލްޑްގެ ވެކްސިން މި މަސް ތެރޭގައި ޖަހައި ނިންމާލެވޭނެ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.

Ads by MWSC

މައިމޫނާ ވިދާޅުވި ގޮތުގައި ފުރަތަމަ އަމާޒު ކޮށްފައި އޮތީ ސިއްހީ ހިދުމަތްތެރިންނަށް 10 ދުވަސް ތެރޭގައި ވެކްސިން ޖަހައި ނިންމާލެވޭނެ ކަމަށެވެ. ރާއްޖެއިން މިހާތަނަށް 1500 އަށް ވުރެ ގިނަމީހުންނަށް ކޮވިޑް-19 ގެ ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ 742 މީހަކަށް ވެކްސިން ދީފައިވާ ކަމަށާއި އަދި މުޅި ޖުމްލަ 1578 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށެވެ. މާލެ ސަރަހައްދުން މިހާތަނަށް 1309 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 269 މީހަކަށް ވެކްސިން ދީފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ހާމަކުރެއެވެ.

އެންމެ ފުރަތަމަ އިސްކަމެއް ދެނީ ސިއްހީ ހިދުމަތްތެރިންގެ އިތުރުން ބައްޔަށް ހުށައެޅުމުގެ ނުރައްކާ ބޮޑު މީހުންނަށް ކަމަށް މައިމޫނާ ވަނީ ވިދާޅުވެފައެވެ. އަދި ސިއްހީ ހިދުމަތްތެރިންނަށް ވެކްސިން ޖަހާއިރު ބަލަން ޖެހޭ މުހިއްމު ކަންތައްތަކެއް ހުރިކަން މައިމޫނާ ފާހަގަ ކުރެއްވިއެވެ.

ހެލްތް ކެއާ ވޯކަރުންނަކީ ބަލި މީހުންނަށް އެޓެންޑް ކުރަމުން އެ މީހުން ބަލަމުން މަސައްކަތުގައި އުޅޭ މީހުން. މީގެ ސައިޑް އިފެކްޓްސް ވެސް ދިމާވާނެ. އެހެންވީމާ ޑިއުޓީތަކަށާއި، މި ހުރިހާ ކަމަކަށް ވެސް ބަލަމުން ވެކްސިން ދެމުން މި ގެންދަނީ “ މައުމޫނާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!