ކޮވިޑް-19 ޖެހިގެން ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ދުބާއިގައި ޗުއްޓީ ހޭދަކުރަމުން އައި ދިވެއްސަކު ކޮވިޑް19 ޖެހިގެން ނިޔާ ވެއްޖެއެވެ.
ކޮވިޑް-19 ޖެހިގެން ދުބާއީގައި ނިޔާވެފައި ވަނީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ސީނިއާ ޓެކްނިކަލް އޮފިސަރު ޢަބްދުﷲ ޢިޔާދު އަޙްމަދެވެ. އޭނާއަކީ 38 އަހަރުގެ ޒުވާނެކެވެ.
މައުލޫމާތު ލިބޭ ގޮތުގައި އޭނާ ދުބާއީ އަށް ގޮސްފައި ވަނީ އަމިއްލަ ދަތުރެއްގައެވެ. އަދި މި މީހާ ނިޔާވެފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون