މާދަމާ މަޖިލީހުގައި އޮތީ މާލޭގައި ނާޗަރަންގީ ޖަގަހަތައް ހެދުމާ ގުޅޭ ބަހުސް
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި، ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި ހާސްކަމެއް ނެތި މަޖާކޮށްލައި، އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް މާލޭގައި ގާއިމު ކޮށްދިނުމަށް ގޮވާލާ ގާރާރާ މެދު ބަހުސް ކުރުމަށް އެޖެންޑާ ކޮށްފިއެވެ.
އެގަރާރަކީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ނިމިދިޔަ ދައުރުގައި ހުށަހެޅުއްވި ގަރާރެކެވެ.
މަޖިލީހުގައި މާދަމާ ބާއްވާ ޖަލްސާގައި ފާހަގަ ކޮށްލެވޭ ކަމަކަށް އޮތީ އެ ގަރާރުގެ އިބްތިދާއީ ބަހުސެވެ.
މިގަރާރުގެ ތައާރަފްގައި ބުނެފައި ވަނީ، މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަކަށް ސަރުކާރުން ހައްލު ހޯދަމުންދާއިރު، އެފަދަ މަރުކަޒެއް ގާއިމް ކުރުމަކީ ޒުވާނުންގެ މިޔުޒިކްގެ ފަންނު އިތުރަށް ތަރައްގީކުރުމާއި އެފަދަ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަކީ މިގަރާރުގެ ބޭނުން ކަމަށެވެ.
"ޒުވާނުންނާއި ރައްޓެހިންނާއި އެކުވެރިންނާއެކު ހީނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއް މިޔުޒިކް އަޑުއަހާލައި، ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް މިވަނީ އިންތިހާއަށް ބޭނުން ވެފައެވެ. ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހާލަން ޒުވާނުން އެއްވެ އުޅެވޭނެ ތަނެއްގެ މުހިންމުކަން (މިވަނީ) އިތުރުވެފައި" ހަސަން ލަތީފު ހުށަހެޅުއްވި މި ގަރާރުގައި ބުނެފައި ވެއެވެ.
ނައިޓްކްލްބްތައް ތައްޔާރުކުރަނީ
ދުނިޔޭގެ މަޝްހޫރު އެތަށް ޢިލްމުވެރީންނެއް އެއްބަސްވާގޮތުގައި މިއުޒިކަކީ ކަނޑައެޅިގެން ޙަރާމް އެއްޗެއް. ﷲއަށް ބިރުވެތިވޭ. ރަށްކާވެ ތިބިއްޔާ ދަތުރު.