ޅެން ބައިތުތަކަކުން ޝިޔާމްގެ ރައްދު ރައީސް ނަޝީދަށް
2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ވެރިކަން ބަދަލުވިގޮތާ ގުޅޭގޮތުން އޭރުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަށް ނައިފަރު ދާއިރުގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރައްދު ދެއްވައިފިއެވެ.
މީގެ 9 އަހަރު ކުރިން ރައީސް މުޙައްމަދު ނަޝީދު ވެރިކަމުގައި ހުންނެވުމަށްފަހު އިސްތިއުފާދެއްވި 7 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ހަނދާންތައް މިއަދު ނަޝީދު ވަނީ ޅެންބަހުން އައުކުރައްވާފައެވެ.
މިއަދު ކުރެއްވި ޓުވީޓްގައި ރައީސް ނަޝީދު ވިދާޅުވީ "ހަނދާންތައް ހިތުގެ ވިކަމުން ގެނުވަނީ، ފިލުވޭ ތަދެއް ނޫނޭ، އަދާ ހަމައަށް މި ޙާލަތު އައުމަކީ ކުޑަ ކުޑަ ކުށެއް ނޫނޭ" މި ފަދައިންނެވެ. އަދި "ޒަމާންތަކަކަށްވި ޤުރުބާނީ ފަނާވެވި ޖިސްމު އިންސާނީ، އަމާންކަން ނެއްޓި ޢުދުވާނީ މަޢާފު ކުރާވަރެއް ނޫނޭ" ވެސް ލިޔުއްވި އެވެ.
މި ވާހަކައަށް ޝިޔާމް ރައްދު ދެއްވީ ވެސް ޅެން ބައިތު ތަކަކުންނެވެ. ޝިޔާމް ވިދާޅުވީ ރައީސް ނަޝީދު ލިޔުއްވާފައިވާ ފުރަތަމަ ޅެންބައިތު ތަކުގައި ވަނީ އެވާހަކަތައް ދައްކައިގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި ޖެހިގެން އައި ދުވަހު ޕާޓީގެ މެންބަރުން ނުކުމެ ތަންތަނުގައި ހުޅުޖެހި ކަމަށެވެ. ދެވަނަ ބައިތުގައި ޝިޔާމް ވިދާޅުވީ އެއާއެކު ރެޔާއި ދުވާލު މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުން ދިޔަ ކަމަށެވެ.
“ ބަޤާވާތެއް ކަމަށް ބުނެ ކުރީ ބޯއީކޮޓް މިގައުމު، ނަގާ އީޔޫގެ ޚާއްސަވި ގިންތިން މި ގައުމު.
ގައުމުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ރައްޔިތުން މާޔޫސްވެގެން ދިޔަ.
މަހުގެ ހަމައަގު ގެއްލި މާޔޫސްވީ މަސްވެރިން، ފަތުުރުވެރިކަން ވެހީނަރު ބިކަވެ ދިޔައީ ރައްޔިތުން
ލަދުހަޔާތުގެ ކަންފުޅެއް މިވެރިންގެ ނެތްކަން އެބައެނގޭ، އަދުތިބީ އެއްދާންކުރާން ކަން ރައްޔިތުންނަށް އެބަފެނޭ. “