އައްޑޫސިޓީ ކްލަސްޓާ: ފޭދޫން ފަސް މީހަކު ފައްސި ވެއްޖެ

އައްޑޫސިޓީ ފޭދޫން ފަސް މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤު ވިދާޅުވީ، މިއަދު އިތުރަށް ފައްސިވެފައި މިވަނީ ހިތަދޫން އިއްޔެ ފައްސިވީ ކަރަންޓީނުގައި ނެތް ދެ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓުވި ބައެއް ކަމަށެވެ.
"އެއީ ހަމަ ކުރިން ޕޮޒިޓިވްވީ މީހުންގެ އެކްލަސްޓާގެ މީހުން. އިއްޔެ ޕޮޒިޓިވްވީ މީހުންގެ ސާމްޕަލް ނަގަމުން އެދަނީ. ޕޮޒިޓިވް ވަމުން ދަނީ ގަން އެއާޕޯޓުގެ އޮފީހަކަށް ނިސްބަތްވާ މީހުން" ޞާދިޤު ވިދާޅުވިއެވެ.
މީގެ އިތުރުން ޞާދިޤު ވިދާޅުވީ ހިތަދޫ ކްލަސްޓާ ތެރެއިން ކުރިން ފައްސިވީ ހަ މީހުން ކަމަށާއި މިއަދު ފަސް މީހުން ކަމަށެވެ.
އައްޑޫސިޓީ ހިތަދޫގައި ކޮވިޑް ކްލަސްޓާއެއް އުފެދިފައިވާއިރު އެސިޓީގެ ހުޅުމީދޫން ވެސް ވަނީ ކްލަސްޓާއެއް އުފެދިފައެވެ. އެކްލަސްޓާގެ ތެރެއިން މިހާރު 24 މީހުން މިބައްޔަށް ފައްސި ވެފައިވެއެވެ.
ކަރަންޓީނުގައި ނެތް ދެ މީހަކު ހިތަދޫން ކޮވިޑަށް ފައްސި ވުމާ ގުޅިގެން، އައްޑޫސިޓީ މިވަގުތު ވަނީ މޮނީޓަރިންގަށް ލާފައެވެ.