ހުޅުމާލޭ ޖަލުން ފައްސިވީ މީހުންގެ ޖުމުލަ އަދަދު 34 އަށް

ހުޅުމާލޭ ޖަލުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމުލަ އަދަދު 34އަށް އަރައިފިއެވެ.
ހުޅުމާލޭ ޖަލުން ކޮވިޑް-19އަށް އެންމެ ފުރަތަމަ މީހަކު ފައްސިވީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި އެކަމާ ގުޅިގެން ގިނަ ސާމްޕަލް ތަކެއް ވަނީ ނަގައިފައެވެ.
ހެލްތު އޮޕަރޭޝަން އިމަރޖެންސީ ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ހުޅުމާލޭ ޖަލުން ފައްސިވީ މީހުންގެ ޖުމުލަ އަދަދު 34 އަށް އަރާފައިވާ ކަމަށާއި ފައްސިވީ މީހުންނާ ކޮންޓެކްޓްވީ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށެވެ.
އެޗްއީއޯސީ އިން ބުނީ އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 70 ގައިދީއަކާއި 29 ޖަލު އޮފިސަރުން ފާހަގަ ކުރެވިފައި ވާކަމަށެވެ. އަދި ޖަލުން ފައްސިވީ މީހުންނާ ގުޅިގެން 102 ސާމްޕަލެއް ނަގާފައިވާ ކަަމަށް ވެސް އެ ސެންޓަރުން ބުނެއެވެ.