ޚަބަރު

ކޮވިޑް-19: ސަންގެލިން މިހާތަނަށް 102 މީހަކު ފައްސި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން އިތުރު ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، އެރިސޯޓުން މިހާތަނަށް ފައްސިވީ މީހުންގެ އަދަދު 102 އަށް އަރައިފިއެވެ.

Ads by Hajj Corporation

ގިނަ ރިސޯޓުތަކަކުން ކޮވިޑަށް ފައްސިވަމުން އަންނަ ކޭސްތައް އިތުރުވަމުން އަންނައިރު، ސަންގެލި ރިސޯޓަކީ އެންމެ ގިނަ ބަޔަކު ފައްސިވީ ރިސޯޓެވެ.

ސަންގެލި ރިސޯޓުން މިހާތަނަށް 102 މީހަކު މިބައްޔަށް ފައްސިވެފައިވާއިރު، މިމަހުގެ ހަތަރުވަނަ ދުވަހު އެކަކު އަދި ހަވަނަ ދުވަހު ތިން މީހަކަށް މިބަލި ޖެހިފައިވެއެވެ.

އެރިސޯޓުން ކޮވިޑްގެ އެންމެ ފުރަތަމަ ކޭސް ފެނިފައިވަނީ ނިމިދިޔަ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހުގައެވެ. އެއީ ބިދޭސީ މުވައްޒިފެއް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ހެދި ޕީސީއާރު ޓެސްޓުގެ ނަތީޖާ ފައްސި ވުމުންނެވެ. ސަންގެލި ރިސޯޓްގައި ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް އެކި ދުވަސްމަތިން ގިނަ ސާމްޕަލްތަކެއް ވަނީ ނަގާފައެވެ.

ރިސޯޓުތަކުގައި ފައްސި ކޭސްތައް

  • ސަން ޝިޔާމްގެ އިރުވެލިން 12 މީހަކު ޕޮޒިޓިވް
  • ކޮންސްޓެންސް މޫފުށިން 8 މީހަކު ޕޮޒިޓިވް
  • ރެސިޑެންސް މޯލްޑިވްސްއިން 20 މީހަކު ޕޮޒިޓިވް
  • އަނަންތަރާ ކިހާވަށް ރިސޯޓުން 86 މީހަކު ޕޮޒިޓިވް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!