އަނަންތަރާ އިން 86 މީހުން ފައްސި
އަނަންތަރާ ކިހަވަަށް މޯލްޑިވްސް އިން ފައްސިވި މީހުންގެ އަދަދު 86 އަށް އަރައިފިއެވެ.
މިއަދުވެސް އެ ރިސޯޓުން ދެ މީހަކު ފައްސިވިއިރު، އިއްޔެ ވަނީ ހަތަރު މީހުން ފައްސިވެފައެވެ.
ރިސޯޓުގެ މުވައްޒަފުންގެ ތެރޭގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން އެ ރިސޯޓު މިހާރު ވަނީ ބަންދު ކޮށްފައެވެ. މިހާތަނަށް އެރަށުގައި މަސައްކަތް ކުރާ 75 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެރަށުގައި ބަލި ފެތުރެން މެދުވެރިވީ ނ. މާފަރުގައި ގާއިމް ކޮށްފައި ހުރި ކޮވިޑް-19 އަށް ޓެސްޓު ކުރާ ލެބުން ކުރި ގިނަ އަދަދެއްގެ ޓެސްޓު ތަކެއްގެ ނަތީޖާ ނުބައި ވުމުންނެވެ.
ނިމިދިޔަ މަހުގެ 21 އިން ފެށިގެން އެ ރިސޯޓު އޮތީ އަރާ ފޭބުން މަނާކޮށް މޮނިޓަރިންގެ ހާލަތުގައެވެ.
އަނަންތަރާ ކިހާވަކުގައި ކޮވިޑް 19 ގެ އެންމެ ފުރަތަމަ ކޭސް ފެނިފައި ވަނީ މިދިޔަ މަހުގެ 19 ގައެވެ. ފުރަތަމަ ފަސް މީހުން ޕޮޒިޓިވް ވެފައި ވާއިރު އެމީހުންގެ ތެރޭގައި ގިނައީ 35 އަހަރުން ދަށުގެ މުވައްޒަފުންނެވެ.