މިއުޒިކަކީ އިންސާނާ އުޖާލާކުރަން ގެންގުޅޭ އެއްޗެއް: އީވާ
މިއުޒިކަކީ އިންސާނާ އުޖާލާ ކުރަން ގެންގުޅޭ އެއްޗެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މާލޭގައި ޒުވާނުން ހިތްފަސޭހަ ކޮށްލައި މުނިއަވަސް ފިލުވައި ހާސްކަމެއް ނެތި މަޖާކޮށް މިއުޒިކު ކުޅެ މިއުޒިކު އަޑުއަހައި ނަށާލާނެ މަރުކަޒެއް ޤާއިމުކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ މިއުޒިކާއި، ލަވައާއި، ވާހަކައާއި ތަމްސީލާ ނުލައި ޤައުމެއްގެ ސަޤާފަތެއް ތަރިކައެއް، އަދި ޤައުމެއްގައި ރޫޙެއް ވެސް ނޯންނާނެ ކަމަށެވެ.
1500 ބީސީއިން ފެށިގެން އިންސާނުން މިޔުޒިކު ގެންގުޅެނީ ދުނިޔެ ބަދަލު ކުރުމަށް ކަމުގައި ވިދާޅުވެ އީވާ ވިދާޅުވީ މިއުޒިކާއި ޅެމާއި، ލަވައަކީ އާދައިގެ ބަހުން ބުނެގެން ނުފުދިގެން (އެހެން ގޮތަކަށް ބުނުމަށް) ގެންގުޅޭ އެއްޗެއް ކަމަށެވެ.
އީވާ އިތުރަށް ވިދާޅުވީ މިއުޒިކަކީ ދުނިޔެ އުޖާލާ ކުރުމާއެކު ދުނިޔެ އިންޤިލާބުކުރާ އެއްޗެއް ކަމަށެވެ.
އަދި އިސްލާމީ ތާރީހުގައި އުމަވީ ޚިލާފަތާއި ޢައްބާސީ ޚިލާފަތަކީ އިސްލާމީ މިއުޒިކުގެ ރަންޒަމާން ކަމަށް ވިދާޅުވެ އީވާ ވިދާޅުވީ އެ ދުވަސްވަރުގެ މިއުޒިކުން އިސްލާމްދީނާއި އިސްލާމީ ދައުލަތުގެ އަޑު ދުނިޔޭގެ ގިނަ ބައެއްގެ ކަންފަތްތަކަށް ފޯރި ކަމަށެވެ.
ތިޔަ ފެށެނީ ލާދީނީ އުސޫލު ތަކުގެ ބިންގާ. ދީނެއް، މިެއްލަތެއް، އިބުރާހީމެއް ޤަބޫލު ނުކުރާ ބަޔަކށް ބޭނުންވާނީ “ބިރަކާނުލާ މަޖާ ކުރަން” ހަންދާން ކުރާތި.
މިކަހަލަ މުނާ ފިގުން ނާ ދެކޮަޅަށް ޖިހާދުކުރަންވީ
ޝައިޙުލް އިސްލާމް އިމާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެލައްވައެވެ. ޝައިތާނާގެ ކަންތައްތަކުގެ ތެރެއިން (އިންސާނާއަށް) އެންމެބޮޑަށް އަސަރުކުރާ ކަންތައްތަކުގެ ތެރޭގައި ލަވައާއި ބޭކާރު ކުޅިވަރުފަދަ އެއްޗެތީގެ އަޑުއެހުން ހިމެނެއެވެ. އަސްލު ޙަޤީޤަތުގައި އެއީ މުޝްރިކުންގެ ކަމެކެވެ. ޔަޢުނީ އެފަދަ އެއްޗެހި އަޑުއަހާނަމަ އެހިނގެނީ މުޝްރިކުންގެ މަގުންނެވެ.
ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގެ ބައެއްމީހުން ޒިނޭކުރުމާއި ފަށުވިފޭރާން ލުމާއި މަޢާޒިފް ( ލަވަކިޔުމަށް ބޭނުންކުރާ ސާމާނު ) ޙަލާލުކުރާނެއެވެ.އަދި ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘްގައިވާ ފަދައިން يستحلون ގެ މާނައަކީ މިހުރިހާ އެއްޗިއްސަކީ އަސްލުގައި ޙަރާމް އެއްޗެހިކަމުގައެވެ. އެހެން ނަމަވެސް މީސްތަކުން އެއެއްޗެހި ހަލާލުކުރާނެއެވެ.
ކިތަންމެ މިއުޒިކް ހަލާލް ކުރި ކަމުގައި ވީނަމަވެސް ﷲ ގެ ހުކުމް ތަކެއް ބަދަލެއް ނުކުރެވޭނެ .. މިއުޒިކް އަކީ ހަރާމް އެއްޗެއްކަން ޤުރުއާނާއި ހަދިޘް ތަކުން ސާބިތު ވޭ . ވީ އިރު ތިއީ ކޮން ޖާހިލެއް ތޯ.. ޤުރުއާން އާއި ﷲ ގެ ހުކުމް ތަކަށް ފައިން އަރަން…. ﷲ ހަރާމް ކޮއްފައިވާ ކަމެއް ހަލާލް ކުރުމުގެ ބާރު އެއްވެސް އިންސާނަކަށް ލިބިގެންނުވޭ.. މުނާފިޤުންގެ ތަކާ…