ދުނިޔެ

12 ފުރާނަ ސަލާމަތްވީ އެންމެ ފޯނު ކޯލެއްގެ ސަބަބުން!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޑިއާގެ އަވަށެއް ކަމަށްވާ “އުއްތަރު ޚަންދު ޗަމޯލީ” ގައި ކޯރެއް ގޮވައި 12 މީހަކު ބިންގަރާހެއްގައި ތާށިވެ، ކުރެވުނު އެންމެ ފޯނު ކޯލަކުން ސަލާމަތް ވެއްޖެއެވެ.

Ads by Sosun Fihaara

ބޭރުގެ ޚަބަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، އެ ބިންގަރާހުގައި ތާށިވި އެންމެން ވެސް ސަލާމަތް ވެފައި ވަނީ އެތަނުގައި މަސައްކަތް ކުރި މީހެއްގެ ފޯނު އެތަނުގައި ވެއްޓިފައި އޮތުމުން އެނަގައިގެން ފުލުހުންނަށް ގުޅުމުގެ ސަބަބުންނެވެ. އެތަނުގައި، ތާށިވި 12 މީހުން ވެސް ނިކުތުމަށް މަސައްކަތް ކުރި ކަމަށާއި، އެހެންނަމަވެސް އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޗަކަ އެކުލެވުމުގެ ސަބަބުން ނުކުތުމަށް އޮތް ދޮރު ބެދުނީ ކަމުގައި ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން އެ ބިންގަރާހުގައި ތާށިވި އެންމެން ވެސް މިހާރު ސަލާމަތް ވެފައިވާއިރު، މި އެންމެން ވެސް ސަލާމަތް ކުރީ އިންޑިއާގެ އެއަވަށުގައި މަސައްކަތް ކުރާ ފުލުހުންނެވެ. މި އެންމެން ވެސް އެ ބިންގަރާހުގައި ރޭގަނޑު 10 ޖެހީންސުރެ، ފަތިހު 5 ޖަހަންދެން ތާށިވެފައި ތިބި ކަމަށް ވެސް ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ.

އެ ބިންގަރާހުގެ 300 މީޓަރު އަޑީގައި ތާށިވި އެންމެންގެ ހާލު ވެސް ރަނގަޅު ކަމުގައި މީޑިއާތަކުން މައުލޫމާތު ލިބެއެވެ. އަދި އެންމެންނަށް ވެސް އެ އަވަށުގެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!