ކޮވިޑް-19: މަޖިލީހުގެ އިދާރާގައި ވެކްސިން ދެނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އާންމުންނަށް ވެކްސިން ދޭން ފަށައިފިއެވެ.
މަޖިލީހުގައި އާންމުންނަށް ވެކްސިން ދޭން ފަށާފައި މިވަނީ ރައްޔިތުންގެ މަޖިލީހާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި އޭޑީކޭ ހޮސްޕިޓަލް ގުޅިގެންނެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށް އެ އިދާރާގައި ވެކްސިން ޖެހުމުގެ ހިދުމަތް ކުރިއަށް ދާނެ ކަމަށެވެ.
މިއީ ސަރުކާރުން ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަމަޖެއްސި އިންތިޒާމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.
މަޖިލިސް އިދާރާގައި ވެކްސިން ދޭނީ އެކި ކަހަލަ ބަލިތައް ހުންނަ މީހުންނަށެވެ.