ޚަބަރު

ސުކޫލުތައް ބަންދުކޮށް، ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހޭ: ދުންޔާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނާތީ، ސުކޫލުތައް ބަންދުކޮށް، އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

ދުންޔާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޯޑަރު ބަންދުކުރުމަށް އޭނާ ގޮވާ ނުލާނެ ކަމަށާއި ނަމަވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނަ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ސަރުކާރުން ސަމާލުވާން ޖެހޭ ކަމަށެވެ.

އަދި އެގައުމުތަކުން އަންނަ ފަރާތްތަކުން ރާއްޖެ އައުމަށްފަހު އަދި އެނބުރި ދިއުމަށް ފަހު ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އެންމެ ރަނގަަޅަށް އަޅަން ސަމާލުކަން ދޭން ޖެހޭ ކަމަށް ދުންޔާ ވިދާޅުވިއެވެ.

އޭނާ ވަނީ މާލެއަށް މިވަގުތަށް ބޭނުން ވަނީ މިހާރު އޮތް ވަރަށް ވުރެ ހަރުކަށި ލޮކްޑައުން އެއް ކަމަށް ވެސް ވިދާޅުވެފައެވެ.

މާލޭގައި ކޭސްތައް އިތުރުވަމުން އަންނާތީ ސަރުކާރުން ވަނީ ބައެއް ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް އެއްގަމު އުޅަނދުތައް ދުއްވުން މަނާ ކުރުމާއި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މަގުމަތީގައި އުޅުން ވަނީ މަނާ ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!