އަޅުގަނޑުގެ ކޮން ބާރަކާއި ނުފޫޒެއް އޮވެގެންތޯ ކުރިން ނެރުނު ލިސްޓުގައި އަޅުގަނޑުގެ ނަން އޮތީ؟ : ޢަލީ ޒައިދު
މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު އަށް "ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓު ލިބުމުން ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.
ޝެއިޚް ޒައިދުއަށް ފްލެޓު ލިބިލެއްވީ ވެރިކަން ހިންގާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީއަށް ސަނާ ކިޔައިގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ދިޔައެވެ.
އެވާހަަކަތަކަށް ރައްދު ދެއްވަމުން މިއަދު ޝެއިޚް ޒައިދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވާ "ވަރަށް ފިތުނަވެރި ގްރޫޕަކުން ބުހުތާން ދޮގު" ހަދަމުންދާ ކަމަށެވެ.
އެގޮތުން ކުރީ ސަރުކާރުގައި ނެރެފައިވާ ދާއިމީ ލިސްޓުގެ ފޮޓޯއަކާއެކު ޝެއިޚް ޒައިދު ވަނީ، އެސަރުކާރުގައިވެސް އެމަނިކުފާނަށް ފްލެޓު ދެއްވާފައިވާކަން ފާހަގަ ކުރައްވާފައެވެ.
"އަޅުގަނޑުގެ ކޮން ބާރަކާއި ނުފޫޒެއް އޮވެގެންތޯ މިދިޔަ ސަރުކާރުން ނެރުއްވި ނެރުއްވި ލިސްޓުގައި އަޅުގަނޑުގެ ނަން އޮތީ؟" ޝެއިޚް ޒައިދު ސުވާލު ކުރައްވާފައިވެއެވެ.
މީގެ އިތުރުުން ޝެއިޚް ވަނީ އެމަނިކުފާނަކީ ވެސް މާލޭގައި ވަރަށް ކުޑަ ތަންކޮޅެއްގައި، ދަރިންތަކެއް ގޮވައިގެން ކުއްޔަށް ދިރިއުޅެމުންދާ ފަރާތެެއްކަން ފާހަގަ ކުރައްވާފައެވެ.
"އަޅުގަނޑުގެ ނިޔާވެފައިވާ ބައްޕައަށް ލިބިފައިވާ އެންމެ އިންޗިއެއް ވެސް މާލެ ކީއްކުރަންތޯ، މިއިން ސަރަޙައްދެއްގައި ވެސް ނެތް. ބުހުތާން ދޮގު ހަދާ މީހުނަ އާޚިރުގައި ފެއިލްވާނެ" ޝެއިޚްގެ ބައްޕައަށް ލިބިފައިވާ ގޯއްޗެއް މާލޭގައި އޮންނަކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ބޯ ހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ ހިޔާ މަޝްރޫއުގެ ދަށުން ޝައިޚް ޒައިދަށް ވެސް ފްލެޓް ލިބިވަޑައިގަތްއިރު އެމަނިކުފާނަކީ ވެސް އެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ބޭފުޅެކެވެ. ނަމަވެސް ޒައިދު ދިރިއުޅުއްވާ ކަމަށް ވިދާޅުވާ ކޮޓަރިކޮޅުގެ ސައިޒަށް ވުރެ އެތައް ތަނެއް ، އެ ބޭފުޅުން ވިދާޅުވާ “ކޮތަރުކޮށީ”ގެ ސައިޒު ބޮޑެވެ.
ކިހިނެތް އެގޭނީ! ސިއްރިޔާތުގައި ހިގާ ކަންކަން ވިއްޔާ!
ޒައިޒު ގެ ކުރީގެ ލިސްޓުގަ އޮތްވާހަކަ ތިބުނުއއވީ.
ކުރީލިސްޓުގަ ނަން ނެތި އެހެން މީހުންގެ ފުޅެޓު ފޭރިގަނެ އެހެން މީހުންނައް ދިނުމަކީ ކިހާވަރެއްގެ ފަަާފައެއތޯ އަދި އަނިޔާއެއްތޯ ދީނުގަ.
އުލޭނެ ތަނެއްނެތް މީހުން ޖިހާދައް ދިއުން ހުއްދަ ވާނެތޯ.