ޚަބަރު

އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހަކަށް އަނިޔާވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ފޮޓޯ: އަވަސް

"މަގޭ ފްލެޓް ކޮބާ؟"ގެ ނަމުގައި އިދިކޮޅުން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހަކަށް އަނިޔާވެއްޖެއެވެ،

Ads by STELCO

މިއަދުގެ މުޒާހަރާގެ ތެރެއިން ފުލުހަކު ހޭނެތިފައިވާ ކަމަށް ވެސް ބައެއް މީޑިއާ ތަކުން ރިޕޯޓް ކުރި ނަމަވެސް އެފަދަ ބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ. ފުލުސް މީހާ ވެއްޓުމާއެކު މުޒާހަރާގެ ބައިވެރިންގެ އެހީއާއެކު އޭނާ ނެގިކަން ވެސް ފާހަގަ ކޮށްލެވެއެވެ.

މިއަދުގެ މުޒާހަރާގައި އިދިކޮޅުން ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާ އަޑު އުފުލާފައެވެ. އަދި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ ސަފުތައް ފަޅާލާ މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ.

މިއަދުގެ މުޒާހަރާގައި ފުލުހުން ވަނީ ބާރުގެ ބޭނުން ވެސް ކޮށްފައެވެ. އެގޮތުން މުޒާހަރާގެ ތެރެއިން ތިން ފަހަރަށް ފުލުހުން ވަނީ ކަރުނަ ގޭސް ޖަހާފައެވެ. އަދި އެކަމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ. އަދި ފުލުހުން ވަނީ މިއަދުގެ މުޒާހަރާގައި މުގުރުގެ ބޭނުން ވެސް ކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން އެއްވުންތައް ބާއްވަމުން ދާއިރު ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ބައެއް ފިޔަވަޅުތައް ވެސް ވަނީ ހަރުކަށި ކޮށްފައެވެ. އެގޮތުން މާލޭގައި އެއްގަމު އުޅަނދު ނުދުއްވޭ ވަގުތު ވެސް ވަނީ އިތުރު ކޮށްފައެވެ. އެގޮތުން މިހާރު އިރުއޮއްސި 6 އިން ފަތިހު 4އަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވާނެއެވެ.

Ads by Ooredoo
  1. ފުލުހުންވެސް ޢަމަލުކުރި ގޮތުން އަނިޔާވީ. ނުބައްދަލު ބާރު ބޭނުންކުރި މަންޒަރު ޓީވީން ފެނުނު.
    ރައްޔިތު މީހާގެ ބަހުރުވައިންނަމަ އޭނާ ގޭގައި އޮއްވާތަ އަނިޔާވީ. މިހެން ލިޔެފަ ވަރަށް ގިނަ ކޮމެންޓްތައް ފެނޭޭ
    ރައްޔިތު މީހާވެސް އޭނާގެ ޙައްޤު ހޯދުމުގެ ވާޖިބު އަދާކުރަނިކޮށް ފުލުސް މީހާވެސް އޭނާގެ ވާޖިބު އަދާކުރަނިކޮށް އަނިޔާވީ. އެކަމަކު ފ. އަނިޔާވެރިކަން ވ.ބޮޑަށް ފެނޭ.

  2. ހުތުރު

    ތީހުސްފޭކު މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުން ނުހައްގުން ރައްޔިތުންނައް އަނިޔާދޭން ޖައްސާ ވައްތަރު