ޚަބަރު

24 ގަޑިއިރުތެރޭގައި ދެވަނަ މަރު، ނިޔާވީ 59 އަހަރުގެ މީހެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން 24 ގަޑިއިރުތެރޭގައި ދެވަނަ މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ. ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވަނީ އުމުރުން 59 އަހަރުގެ އަންހެނެކެވެ.

ހެލްތު އޮޕަރޭޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ރޭގެ ދަންވަރު 3:17 ހާއިރު ހާލުބޮޑުވެ އެމަޖެންސީކޮށް ހޮސްޕިޓަލަށް ގެންދެވުނު މި އަންހެން މީހާ ނިޔާވެފައި ވަނީ ރޭގެ 3:46 ގައި ކަމަށެވެ. މި މަރާއެކު މިއީ ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ނިޔާވި 58 ވަނަ މީހާއެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 17،507 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 15،142 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 58 އެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!