ޓައިގާ ޝްރޮފް ގެ "ފަސްޓް ލަވް" އަކީ ކޮބާ؟

ބޮލީވުޑުގެ މަޝްހޫރު ތަރި ޓައިގާ ޝްރޮފް އޭނާގެ "ފަސްޓް ލަވް" ނުވަތަ ފުރަތަމަ ލޯތްބަކީ ކޮބައިކަން ހާމަކޮށްފިއެވެ.
އިންސްޓަގްރާމް ގައި ކުރި ޕޯސްޓެއްގައި ޓައިގާ ބުނީ އޭނާގެ ފަސްޓް ލަވް މަތިން ވަރަށް ހަނދާން ވާ ކަމަށެވެ. އަދި އޭނާގެ ފުރަތަމަ ލޯތްބަކީ އެކްޝަން މަންޒަރުތައް ކުޅުން ކަމަށް ޓައިގާ ވަނީ ބުނެފައެވެ.
އިންސްޓަގްރާމް ގައި ޓައިގާ މި ޕޯސްޓު ހިއްސާކޮށްފައި ވަނީ އެކްޝަން މަންޒަރުތަކެއް ނަގަމުން އައި ވީޑިއޯ އެއް ވެސް ހިއްސާކޮށްފައެވެ.
ޓައިގާ ޝްރޮފް އަކީ އެކްޝަން ފިލްމުތަކުން ބޮޑު މަގުބޫލު ކަމެއް ހޯދި ތަރިއެކެވެ.
ޓައިގާ ދެން އެންމެ އަވަހަށް ފެނިގެން ދަނީ އެކްޝަން ޑްރާމާ ފިލްމު "ގަނާޕާތު" އިންނެވެ. ފިލްމުގައި ޓައިގާ އާއެކު ފެނިގެންދާނީ ކްރިތީ ސަނޫން އެވެ.
އަޖަެިބެއް،ޓއިގަރ ގެ ފަސްޓް ލަވު ކޮންމެ އެއްޗެއް ވިޔަސް އަހަރުމެންނާ ކޮން ބެހޭ ކަމެއް