ރައީސް ޔާމީން ހަތަރު ގަޑިއިރަށް ގެކޮޅަށް

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލާފައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ގެންނަވާ، 4 ގަޑިއިރަށް އެމަނިކުފާނުގެ ގެކޮޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބައެއް މީޑީއާތަކުން ރިޕޯޓު ކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގަށް، އެ މަނިކުފާނު ފުލުހުންގެ އިދާރާ އަށް މިއަދު ހާޒިރު ކުރާނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ގެކޮޅަށް ބަދަލު ކުރާނީ ތަހުގީގަށް ފަހު، 4 ގަޑިއިރަށެވެ.
ޔާމީން ގެއަށް ހާޒިރު ކުރަނީ ކޮން ބޭނުމަކު ކަމެއް ނުވަތަ އަދި ހާޒިރުކުރާ ސަބަބެއް ވެސް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
ފުލުހުން ބަލަމުން ދިޔަ މައްސަލައެއްގައި ސޮއިކުރަން ރައީސް ޔާމން ވަނީ މީގެ ކުރިން މި މަހުގެ ދެވަނަ ދުވަހުވެސް ފުލުހަށް ހާޒިރު ކޮށްފައެވެ.
ވިއްސާރަ އަންނަނީ އާ ގޮތަކަށް ވިސްނާ ތިބޭތި ޕީ ޕީ އެމް ޕީ އެ ން ސީ ކުދިން