ރައީސް ޔާމީން މިއަދު މާލެ ގެނައުން ކެންސަލް ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގަށް، ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށް ފަހު ހަތަރު ގަޑިއިރަށް ގެކޮޅަށް ގެންދަން ކުރިން ނިންމާފައި އޮތް ނަމަވެސް މިއަދު އެމަނިކުފާނު މާލެ ގެނައުން ކެންސަލް ކޮށްފިއެވެ.
ރައީސް ޔާމީން ހާޒިރުކުރުމަށް، ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ސަރަހައްދު މިއަދު ވެސް ބަންދު ކޮށްފައިވީ ނަމަވެސް މިހާރު އެ ސަރަހައްދު ވަނީ ހުޅުވާލާފައެވެ.
މާފުށީ ޖަލުން ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން މިއަދު ކެންސަލް ކޮށްފައިވާ ސަބަބެއް ފުލުހުން ހާމަ ނުކުރައްވައެވެ.
ފުލުހުން ބަލަމުން ދިޔަ މައްސަލައެއްގައި ސޮއިކުރަން ރައީސް ޔާމީން ވަނީ މީގެ ކުރިން މި މަހުގެ ދެވަނަ ދުވަހު ވެސް ފުލުހަށް ހާޒިރު ކޮށްފައެވެ.
މިހާރުން މިހާރަށް ރައީސް ޔާމީނު ދޫކޮށްލާ
ކިކިނެއް ވަނީ ދޫކުރުން ގަނޑު.