ލައިފްސްޓައިލް ލުއި ޚަބަރު

ލޯބިވެރީންގެ ދުވަހުގައި ޓިކްޓޮކް ކުޅޭ މީހަކު ފިރިމީހާ އަންތަރީސް ވާވަރުގެ ހަދިޔާއެއް ދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ލޯބިވެރިންގެ ދުވަސް ނުވަތަ "ވެލަންޓައިންސް ޑޭ" އަކީ ދުނިޔޭގެ އެކި ހިސާބުގައި މީހުން ފާހަގަ ކުރަމުންދާ ދުވަހެކެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން، ލޯބިވެރިންނާއި ކައިވެނި ކޮށްގެން އުޅޭ ބައެއް މީހުން ވެސް، އެމީހުންގެ ބައިވެރިންނަށް ތަފާތު އެކިއެކި ހަދިޔާދީ ހަދައެވެ.

Ads by Sosun Fihaara

އެފަދަ ތަފާތު ހަދިޔާއެއް ޓިކްޓޮކް ކުޅޭ މީހަކު އޭނަގެ ފިރިމީހާއަށް ވެސް ވަނީ ދީފައެވެ.

"ގްލޯރިއާ" ނަމަކަށް ކިޔާ އެއަންހެން މީހާ، އޭނާގެ ފިރިމީހާއަށް ލޯބިވެރިންގެ ދުވަހުގެ ހަދިޔާއަކަށް ދިނީ، އިންސްޓަގްރާމްގައި އޭނަ ފިރިމީހާ "ލައިކް" ކޮށްފައިހުރި ހުރިހާ އަންހެނުންގެ ފޮޓޯތަކެވެ.

ފުޅިމަދުން ހަދާފައިހުރި ފޮށްޓެއްގެ ބޭރުގައި ރަތް ކުލައިގެ ކަރުދާސް ލާފައި ވަރަށް ރީތިކޮށް ޕެކް ކޮށްފައި، އޭގައި އޭނާވަނީ އެއަންހެނުންގެ ފޮޓޯތައް އިލޮށްޓެއްގައި ތަތްކޮށްފައި، ފޮށީގައި ހަރުކޮށްފައެވެ.

އެހަދިޔާގެ ވީޑިއޯއެއް ޓިކްޓޮކްގައި ހިއްސާ ކުރަމުން "ގްލޯރިއާ" ބުނީ އޭނަގެ ފިރިމީހާއަށް އެހަދިޔާ ކަމުދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

https://vm.tiktok.com/ZSJJ228Es/

އާންމުގޮތެއްގައި އެހެން އަންހެނުންގެ ފޮޓޯތަކަށް މީސްމީޑިއާގައި ލައިކް ދިނުމާއި ކޮމެންޓު ކުރުމަކީ ގިނަ އަންހެނުން ވަރަށް ނުރުހޭ ކަމެކެވެ. އެމީހުން ދެކޭ ގޮތުގައި އެއީ އެމީހުންގެ ފިރިން ނުވަތަ ބައިވެރިން، އެއަންހެނުން ކައިރިއަށް ދާން ބޭނުންވާތީ ކުރާ ކަމެކެވެ.

ކޮންމެއަކަސް ގްލޯރިއާގެ މިވީޑިއޯއާއި ފިރިމީހާއަށް ދިން ހަދިޔާ ބައެއް މީހުން ނެގީ މަޖާ ކަމެއްގެ ގޮތުގައެެވެ. އެވީޑިއޯއަށް ކޮމެންޓުކުރި ބައެއް މީހުން ބުނެފައި ވަނީ އެމީހުންނަށް ބޮޑު ފޮށިގަނޑެއް ބޭނުން ވާނެ ކަމަށެވެ. އެހެން މީހަކު ބުނީ ގްލޯރިއާގެ ފިރިމީހާ އެއަންހެނުންގެ ފޮޓޯތަކަށް ލައިކް ދީފައިވާއިރު، ދިން ހަދިޔާވެސް ހަމަ ޔަގީނުން ވެސް ކަމުދާނެ ކަމަށެވެ.

ކޮންމެއަކަސް، ގްލޯރިއާގެ ފިރިމީހާއަށް މިހަދިޔާ ވަރަށް ކަމުދިޔައެވެ. އޭނާ ވަނީ ފިރިމީހާއަށް އެހަދިޔާ ދިނުމުން، ފިރިމީހާ ރިއެޓްކުރި ގޮތް ވެސް އެހެން ވީޑިއޯއެއްގައި ދައްކާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!