ޚަބަރު

ކޮންމެ 100 މީހަކުން 7 މީހަކަށް ރާއްޖޭން ވެކްސިން ޖަހައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ދެން ފޮޓޯ: ޢާލިމް ޢަބްދުއްލަތީފް

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން އަރައިގަތުމަށް ވެކްސިން ޖެހުން މިހާރު ކުރިޔަށްދާއިރު ރާއްޖޭން ކޮންމެ 100 މީހަކުން 7 މީހަކަށް ވެކްސިން ޖެހިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Hajj Corporation

ރާއްޖޭގައި މިހާތަނަށް ޖުމްލަ 38،591 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 31،322 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 7،170 މީހަކަށް ވެކްސިން ދީފައި ވެއެވެ. އަދި ރިސޯޓުތަކުން 99 މީހަކަށް ވެކްސިން ދީފައިވެއެވެ.

ރާއްޖޭން ކޮންމެ 100 މީހަކުން 7 މީހަކަށް މިހާރު ވެކްސިން ދީފައިވާއިރު އެހެން ގައުމުތަކުން ވެސް ވަނީ ވެކްސިން ޖަހަމުންދާ އަދަދު ހާމަ ކޮށްފައެވެ.

އެގޮތުން އެންމެ ގިނަ ބަޔަކަށް ވެކްސިން ދިން އިސްރޭލްގައި ކޮންމެ 100 މީހަކުން 72 މީހަކަށް ވެކްސިން ދީފައި ވެއެވެ.

ކޮންމެ 100 މީހަކުން ވެކްސިން ދިން އަދަދު:

  • އެމެރިކާ: 50
  • ޔޫކޭ: 22
  • ޔޫއެސް: 15
  • ޕޮލޭންޑް: 5.4
  • ނޯވޭ: 5.3
  • ސްޕެއިން: 5.1
  • އިޓަލީ: 4.8
  • ޖަރުމަން: 4.7
  • ތުރުކީ: 4.4
  • ފްރާންސް: 4.1
  • ކެނެޑާ: 3.2
  • ޗައިނާ: 2.8
  • ބްރެޒިލް: 2.4
  • ސައުދީ: 1.2
  • ރަޝިޔާ: 0.6
  • އިންޑިއާ: 0.6
  • މެކްސިކޯ: 0.5
  • އިންޑޮނޭޝިއާ: 0.5

މުޅި ދުނިޔެއިން ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 109،448،208 އަށް އަރާފައެވެ. ބަލީގައި 2،412،815 މީހުން މަރުވެފައި ވާއިރު ބަލިން ފަސޭހަ ވެފައި ވަނީ 81،545،097 މީހުންނެވެ.

އެންމެ ގިނަ އަދަދަކަށް ބަލި ޖެހިފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން 28،261،470 މީހުންނަށް ބަލި ޖެހިފައިވެއެވެ. އެ ގައުމުން 497،174 މީހުން ކޮވިޑް ބަލީގައި މަރުވެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!