ޚަބަރު

ކޮލެޖް އަދި ޔުނިވަރސިޓީގެ ކިޔެވުން އިތުރު 2 ހަފްތާއަށް އޮންލައިންކޮށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރާއްޖޭގެ ޔުނިވަރސިޓީއެއްގައި ކިޔަވަމުން އަންނަ ދަރިވަރުންތަކެއް

ކޮވިޑް-19 އާ ގުޅިގެން މާލޭގައި އަޅާފައިވާ ފިޔަވަޅުތައް 14 ދުވަހަށް ދިގުދަމާލުމާ ގުޅިގެން، ކޮލެޖް އަދި ޔުނިވަރސިޓީގެ ކިޔެވުން އިތުރު 2 ހަފްތާއަށް އޮންލައިންކޮށް ކުރިޔަށް ގެންދަން ޖެހިއްޖެއެވެ.

Ads by MWSC

އެޗްޕީއޭއިން ވަނީ، މާލެ ސަރަހައްދުގައި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލަން އަންގާފައެވެ.

މީގެ އިތުރުން އަޅާފައިވާ ފިޔަވަޅުތަކަކީ؛

1. މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ތިލަފުށްޓާއި، ގުޅީފަޅާއި، ހުޅުލެ) ގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.

2. މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ތިލަފުށްޓާއި، ގުޅީފަޅާއި، ހުޅުލެ) ގައި ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުން.

3. ޕާކުތަކާއި މައިޒާންތަކަށް ޒިޔާރަތްކުރުން ހުއްޓައިލުން. އެހެންނަމަވެސް ކަސްރަތުކުރުމަށް ކަނޑައަޅައިފައިވާ ޕާކުތަކުގައި، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތަށް ކުރިޔަށް ގެންދިޔުން.

5. އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލުން

ރާއްޖޭގައި މިހާރު ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ ބައެއް ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިން ވެސް ވަނީ މިބައްޔަށް ފައްސިވެފައެވެ.

އެެހެންކަމުން މާލެ ސަރަޙައްދުގެ ސްކޫލުތަކުން ގްރޭޑު 1-6 ގެ ދަރިވަރުންނަށް، ދެ ހަފްތާ ވަންދެން އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މާލެ ސަރަޙައްދުގައި ކޮވިޑް ފެތުރޭ މިންވަރު ގިނަވުމާ ގުޅިގެން ވެސް އެޗްޕީއޭއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!