ޚަބަރު

ލައިސެންސް ނެތި ޖޫރިމަނާކޮށްފައިވާ ކުދިންގެ މައްސަލަ ޙައްލު ކޮށްދޭނަން - ރައީސް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ލައިސަންސު ނެތި ޖޫރިމަނާ ކޮށްފައިވާ ޢުމުރުން 18 އަހަރުން ދަށުގެ ކުދިންގެ މައްސަލައަށް އަވަސް ހައްލެއް ގެނެސް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީން ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެންޕެއިންގައި އަތޮޅުތަކުގެ ރަށްރަށަށް ސުވާލުކުރުމަށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޖޫރިމަނާގެ މައްސަލައަކީ މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ވަރަށް ބޮޑަށް އޮތް މައްސަލައެއް ކަމަށާއި މި މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.

ނަމަވެސް ލައިސަންސް ނެތި ސައިކަލު ދުއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ޤަވާއިދާ އެއްގޮތަށް ހުރިހާ ކުދިން ވެސް އަދި މީހުން ވެސް އުޅުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ލައިސަންސު ނެތި ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާތަކާ ހެދި ޒުވާން ކުދިންނަށް ދިރިއުޅުން ނުފެށި ކައިވެނި ނުކުރެވޭވަރަށް މައްސަލަ ބޮޑުވުމަކީ ޙައްލު ކޮށްދޭން ޖެހޭ މައްސަަލައެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މިމައްސަލައަށް ހައްލެއް ގެނައުމަށް ކަމާ ބެހޭ ފަރަތްތަކާ ވާހަކަ ދައްކައިގެން ވަރަށް އަވަހަށް ހައްލެއް ގެނެސް ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

  1. ޒައްގޫމު

    އެބަތިބި ވައްކަން ކޮށްގެންނާއި މަސްތުވާތަކެތި ބޭނުން ކޮށްގެންވެސް ކައިވެނި ނުކުރެވި ތިބި ކުދިން.ހައްލު ހޯދައިދެއްވާ.