ތިބާއަށް އެކަމަކުން އިބުރަތެއް ހާސިލުވެއްޖެ އެއްވެސް ކަމަކީ ބޭކާރު ކަމެއް ކަމުގައި ނުދެކޭށެވެ.
ދިރިއުޅުމުގައި ވަރަށް ގިނަ ފަހަރަށް މާޒީގައި ވެފައިވާ ކަންކަމާމެދު ދެރަވެ ހިތާމަ ކުރެވެއެވެ. އަދި މާޒީގެ ބައެއް ދުވަސްތަކަކީ ދިރިއުޅުމުން ބޭކާރުވެގެން ދިޔަ ދުވަސްތަކެއް ކަމުގައި ގަބޫލު ކުރެވެއެވެ. އެހެން ނަމަވެސް މާޒީއާ ދޭތެރޭ ވިސްނާ ފިކުރުކޮށް ހިތާމަ ކުރުމުން ވާނެ ފައިދާއެއް ނޯންނާނެއެވެ. އެކަމުގައި އޮތީ ހުސް ގެއްލުމެވެ.
ތިބާގެ މާޒީ އަކީ ވަރަށް ހިތާމަވެެރި މާޒީއެއް ކަމުގައި ވެދާނެއެެވެ. އަދި އެ މާޒީގައި ތިބާއަށް ވިޔާނުދާ ކަންތައްތަކެއް ކުރެވިފައި ވެސް ހުރެދާނެއެވެ. އެހެން ނަމަވެސް ތިބާގެ އެ އަނދިރި މާޒީން ތިބާގެ މުސްތަގުބަލް ތިބާއަށް އަލި ކޮށްލެވިދާނެއެވެ.
ތިބާގެ މާޒީ ތިބާއަށް ގިނަ ފިލާވަޅުތަކެއް ނަގައިދީފިއެވެ. ތިބާގެ މާޒީ ތިބާއަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެއެވެ. ގިނަ އިބުރަތްތަކެއް ހާސިލު ވެއްޖެއެވެ. އެހެންކަމަށް ވާ ނަމަ އެ ދުވަސްތަކަކީ ބޭކާރު ދުވަސްތަކަކަށް ވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެއީ ވެސް ދިރިއުޅުމުން ބައެކެވެ. ނަމަވެސް އެދުވަހުގެ ހިތާމަވެރިކަން ހިތަށް ގެނައުމުގެ ބަދަލުގައި އެދުވަސް ތިބާއަށް ނަގައިދިން އަގުހުރި ފިލާވަޅުތައް ހިތަށް ގެންނާށެވެ.
މިއަދު ދިރިއުޅުމުގައި ވާ ކަމަކުން މާދަމާ ދެރަވެ ހިތާމަ ނުކުރާށެވެ. އެކަމަކުން ތިބާއަށް އިބުރަތެއް ހާސިލުވެއްޖެ އެއްވެސް ކަމަކީ ބޭކާރު ކަމެއް ނޫނެވެ.