ދުނިޔެ

ކޮވިޑް-19 ޓެސްޓު ކުރުމަށް ވައިރަސް ހަށިގަނޑަށް ފޮނުވާލަން ކެރޭ މީހުން ހޯދަނީ، އިނާމަކަށް 95،000 އަށްވުރެ ގިނަ ރުފިޔާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ އިތުރު ޓެސްޓުތަކެއް ހެދުމަށް އެ ވައިރަސް ހަށިގަނޑު ތެރެއަށް ފޮނުވާލަން ކެރޭނެ މީހުން ހޯދުމަށް އިނގިރޭސިވިލާތުން އިއުލާނު ކޮށްފިއެވެ.

Ads by Sosun Fihaara

އިތުރު ޓެސްޓުތަކެއް ހެދުމުގެ ހުއްދަ އެޤައުމަށް ލިބުމާއެކު އެޤައުމުން ވަނީ އެކަމަށް ކެރިގެން ކުރިމަތިލާ ސިއްޙަތު ރަނގަޅު ޒުވާނުންނަށް އިނާމެއްގެ ގޮތުން 4500 ޕައުންްޑް (95،971.84 ރުފިޔާ) ދިނުމަށް ހަމަޖައްސާފައެވެ.

"ދަ ހިއުމަން ޗެލެންޖް" ގެ ނަމުގައި ފެށޭ މިޓެސްޓުތައް ހެދުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގައި ކަމަށް އިނގިރޭސިވިލާތުގެ ކްލިނިކަލް އެތިކްސްގެ ރިސާޗަރުން މިއަދު ވަނީ ބުނެފައެވެ.

އެގޮތުން އުމުރުން 30 އަހަރުން މަތީގެ 90 މީހެއްގެ ހަށިގަނޑު ތެރެއަށް މި ވައިރަސް ފޮނުވާލާނެ ކަމަށް ވެސް ރިސާޗަރުން ބުނެފައިވެއެވެ.

މިޓެސްޓު ހެދުމަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިގަނޑަށް ވައިރަސް ފޮނުވާލާނީ ނޭފަތަށް ޖަހާ ސްޕްރޭއަކުން ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައި ވެއެވެ. އަދި ވައިރަސް ނޭފަތަށް ޖެހުމަށްފަހު ނޭވާލާ ނިޒާމުގެ ތެރެއަށް އެ ވައިރަސް ފޮނުވާލުމަށްޓަކައި އެމީހުން ބައިގަޑިއިރު ވަންދެން ބަންޑުން ބާއްވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މިކަމަށް ޓަކައި ކުރިމަތިލާ ފަރާތްތައް މަދުވެގެން ދެ ހަފްތާ ވަންދެން ރޯޔަލް ފްރީ ހޮސްޕިޓަލުގައި ކަރަންޓީނު ކުރެވޭނެ ކަމަށާއި އެއަަށްފަހު ވެސް 24 ގަޑިިއިރު ވަންދެން އިތުރަށް ބެލުމަށްފަހު ހާލު ރަނގަޅު ކަމަށް ވާނަމަ އެމީހުން ގެއަށް ފޮނުވާލާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

Ads by Ooredoo
  1. މިހާރު ތިއުޅެނީ އަނެއް ބޮނޑި ބޯން މިހާރުވެސް ސަލާމަތް ނުވެގެން މިދަނި .ހީވާން ފަސައިފި ކޮވިޑްް ވައިރަސް އަކީ ބަޔަކު ހަދާގެން އުޅޭ އެއްޗެއް ހެން؟؟

  2. ޖިމޭ

    ތިކަން ކުރަން ބޭނުން. ތިބުނާ ތާކަށް ނަންނޯޓް ކުރަން ލިންކެއް ލާދީބަލަ..

  3. ތޮއްޑޫ . ކ . ރައީސް

    ތިކަމަށް މިހާރުވާނެ ތޮއްޑޫ ކަރައެއް ފޮނުވާފައި. ޢެސޮރަށް ތިދީގެން ކުރިޔަށް ގެންދަބަލަ.